ހަބަރު

މާލެއިން ވަށަފަރަށް ދިޔަ ބޯޓެއް މުދަލާ އެކު އަޑިއަށް ގޮސްފި

May 17, 2016

މާލެއިން ފުރައިގެން ހއ. ވަށަފަރަށް ދަތުރުކުރި ބޯޓެއް، އެ ރަށަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފަައިކައްޓަށް އަރައި، އަޑިޔަށް ގޮސްފި އެވެ.

"އަރަފާ އެކްސްޕްރެސް" ނަމަކަށް ކިޔާ އެ ބޯޓު ތިލަކުރުމުގެ މަސައްކަތުގައި ރައްޔިތުންނާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ރޭ ފަތިހު ހިނގި މި ހާދިސާގައި ބޯޓު އަޑިއަށް ދިއުމާއެކު އޭގައި ތިބި އެންމެން ވަނީ ވަށަފަރަށް ބާލާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

މާލެއިން މުދަލާއި މީހުން އަރުވައިގެން އެ ރަށަށް ދިޔަ، އެ ރަށުގެ ބޯޓް އަޑިއަށް ގޮސްފައިވަނީ އެ ބޯޓުގައި ހުރި ހުރިހާ ދާގީނާއަކާއި މުދަލާ ވެސް އެކުއެވެ. ބޯޓް އަޑިއަށް ގޮސް އޮޔާ ދިޔަ ބައެއް ތަކެތި ފުލުހުންނާއި އާންމުން ގުޅިގެން ވަނީ ހޮވަންއިގެން ނަގައިފަ އެވެ.