ހަބަރު

ޑިމާންޑް ބޮޑުވެ، ހޮނިހިރު ދުވަހު ވެސް ދާރުލްއާސާރު ހުޅުވަނީ

ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް އާންމުންނަށް ވަދެވޭ ގޮތަށް ގައުމީ ދާރުލް އާސާރު ހުޅުވާފައި ބަހައްޓަން ހެރިޓޭޖް ޑިޕާޓްމަންޓް އިން ނިންމައިފި އެވެ.

ހެރިޓޭޖުން ބުނީ އެގޮތަށް ނިންމީ ހޮނިހިރު ދުވަހު ދާރުލް އާސާރަށް ޒިޔާރަތް ކުރަން ބޭނުންވެގެން ގިނަ އަދަދެެއްގެ މީހުން އެދެމުންދާތީ ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް މެންދުރު 12:15 އިން ހަވީރު 05:30 އަށް ދާރުލް އާސާރު ހުޅުވާފައި ބަހައްޓާނެ އެވެ.

ބަންދުނޫން ދުވަސްތަކުގައި ދާރުލް އާސާރު ހުޅުވާފައި ހުންނާނީ ހެނދުނު 10:15 އިން މެންދުރުފަހު 03:30 އާ ހަމައަށެވެ.

ގައުމީ ދާރުލް އާސާރަކީ ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ތަނެކެވެ.