ލޯބިވެރިޔާ އާ އެއްކޮށް ގިނަ ދުވަހު އުޅެވޭ ކުދިން މިހާރު މަދެ ވެ. ލޯބިން ތާއަބަދަށް އެކުގައި އުޅޭ ޖޯޑުތަށް ކިތަންމެ މަދަސް އަހަރަމެން އެއްމެން ވެސް އެއްބަސްވާ އެއްކަމެއް އެބައޮތެވެ. ގިނަ ދުވަހު ލޯބިން އުޅޭ ޖޯޑުތަކަކީ މަދު ދުވަސް ކޮޅަކަށް އެއްކޮށް އުޅޭ ޖޯޑުތަކަށް ވުރެ ލޯބިން އަދި އުފަލުގައި އުޅޭ ޖޯޑުތަކެކެވެ.
ލޯތްބަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިވެސް ތިމާގެ ހިތަށް ވެރިވެގަންނަ އެއްޗެކެވެ. ނަފްރަތަކީ ވެސް ހަމަ އެކަހަލަ އެއްޗެކެވެ. ކިތަންމެ ލޯބިން އުޅޭ ޖޯޑަކަށް ވެސް ލޯބީގައި ނިމުމެއް އަންނަން މާގިނަ އިރުތަކެއް ނުވެއެވެ.
ފޭސްބުކްއިން ފެނި ފޭވަރިޓަކަށް ވެފައި ވާ ޖޯޑެއްގެ ވާހަކައެވެ. ވަރަށް ލޯބިން އުޅެމުން އެއްދުވަހު ފޭސްބުކްގައި ފިރިހެން ކުއްޖާ ސްޓޭޓަސް އަޕް ކޮއްލީ ކުރީގެ ދިވެހި ލަވައެއްގެ ކަޑިއެކެވެ. އެއީ " ލޯބިވާ އަށް ހިތްދަތިކަން ދީފާ މަ ނުފިލާނަން ، ލޯބިވާނޫން ކުއްޖެއް ލޯބިން ކައިރިނުކުރާނަން" މިހެނެވެ.
މި ސްޓޭޓަސް އަށް ލައިކް ދެވުނީ އެ ކުއްޖާ އެ ސްޓޭޓަސް ޖެހިތާ 12 ގަޑި އިރު ފަހުންނެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ފޭސްބުކް ބަލާލި އިރު އަންހެން ކުއްޖާ އޭނާ ސިންގަލް ކަމަށް ޖެހުމުން ލިބުނު ސިހުމުން އަންހެން ކުއްޖާ ކައިރީ ކިހިނެއް ވީހޭ އަހައިލުމުން ބުނީ "އެހެން ކުއްޖަކު ދެކެ އޭނައަށް ލޯބި ވެވުނީ" ކަމަށެވެ.
އެހެން ކަމުން ކިތަންމެ ލޯބިން އުޅުނަކަސް ލޯބީގެ ގުޅުމަކަށް ނިމުމެއް އަންނަން މާގިނަ ވަގުތެއް ނުނަގާނެކަން އެބަ ސާބިތުވެއެވެ. ތާއަބަދަށް އެކުގައި އުޅެން ބޭނުންނަމަ ލޯބި ނޫނަސް ކުރަން ޖަހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ،
އެކަކު އަނެކަކަށް އިހްތިރާމް ކުރުން
އިހްތިރާާމް ކުރުމަކީ ކޮންމެ ކަމެއްގައިވެސް ކާމިޔާބު ބޭނުންވާނަމަ ކުރުން އެންމެ މުހިއްމު ކަންތަކެވެ. އެހެން ކަމުން އެކުގައި ލޯބިން އުމުރަށް އުޅެން ބޭނުންވާނަމަ މިކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. ލޯބި ވިޔަސް އިހްތިރާމް ނުކުރާނަމަ އޭގެ ބޭނުމެއް ނެތެވެ. އެކަކު އަނެކަކަށް އިހްތިރާމްކޮށް އަދި ދެމީހުންގެ ދޭތެރޭގައި އޮތް ލޯތްބަށް އިހްތިރާމް ކުރަން ދަސްކޮށް އެކަން އަމަލާ ބަހުން ދައްކަން އެބަޖެހެއެވެ. ދީނުގައި ވެސް ވަނީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. މިގޮތަށް މިކަން ކޮށްފިނަމަ އެ ލޯތްބަކަށް ކާމިޔާބު އެބައޮތެވެ.
އެކަކު އަނެކަކަށް ސަޕޯޓުކުރަން އެބަޖެހޭ!
އެކަކު އަނެކަކަށް އަބަދުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ސަަޕޯޓުކުރަން ޖެހެއެވެ. އެގޮތުން ބައިވެރިޔާގެ ހަޔާތުގައި އަންނަ އަޑިގަނޑުގައި އޭނާ އަށް ސަޕޯޓުކުރުމަށް ތިމާ އޭނާ ގާތުގައި ހުންނަ ނަމަ އެ ބައިވެރިޔާއަށް އެ އަޑިގަނޑަކުން އަރައިގަންނަން ފަސޭހަވާނެ އެވެ. އަދި މީގެ ސަބަބުން ލޯބި އިތުރަށް އާލާވެ އެކަަކު އަނެކަކަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ އެވެ. އަދި ތިމާގެ ސަޕޯޓު އަނެކާ ބޭނުންވާ ކަންތައްތައް ވެސް އަމިއްލައަށް ދެނަގަށްނަން އެބަޖެހެއެވެ.
ބައިވެރިޔާއަށް އިތުބާރުކުރުންޖެހޭ!
އެކުގައި އުޅެން ބޭނުންނަމަ ދެ މީހުންގެ އެކަކަކު އަނަކަކަށް އިތުބާރުކުރަން އެބަޖެހެއެވެ. ކިތަންމެ ކުޑަ ދުވަސް ކޮޅެއް އެކުގައި އުޅުނަސް ދެމީހުންގެ ދޭތެރޭގައި އިތުބާރު ކުރުން ނެތް ނަމަ އެއީ ހަގީގީ ލޯތްބަކަށް ނުވާނެ އެވެ. އިތުބާރަކީ ކިތަންމެ އަވަހަށް ވެސް ގެއްލުވާލާނެ އެއްޗެކެވެ. ނަމަވެސް ގިނަ ދުވަހު އެކުގައި އުޅެން ބޭނުންނަމަ އެކަކު އަނެކަކަށް ކުރާ އިތުބާރު ވަރުގަދަ ކުރަން ޖެހެއެވެ. އަދި ތިމާ އަށް ކުރާ އިތުބާރު ގެއްލޭފަދަ ކަންތައްތަށް ކުރުން ހުއްޓާލަން ހެއެވެ.
ގިނަގިނައިން ބައިވެރިޔާއަށް ތައުރީފު ކުރަމާ!
އެކަކު އަނެކަކަށް ތައުރީފު ކުރުމަކީ ލޯބި އިތުރުވާ ކަމެއް ކަމަށް ސައިންޓިސްޓުން ވެސް ބުނެއެވެ. އެގޮތުން ތައުރީފް ކުރުމުން ހިތަށް ގެނުވައިދޭ އުފަލަކީ ލޯބިން އެކުގައި އުޅުމަށް ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ނަލަހެދިލައިގެން ނެތަސް ހަގީގީ ލޯތްބެއްނަމަ އަނެކާ އަކީ ތިމާއަށް އެންމެ ރީތި މިހާއަށް ވާން އެބަޖެހެ އެވެ. އެހެން ނޫންނަމަ ތިއީ ހަގީގީ ލޯތްބެއް ކަމާދު ޝައްކެވެ.
މުހިންމު ތާރީހުތަށް ހަދާން ބަހައްޓާތި!
މުހިންމު ތާރީހުތަކުގެ ތެރެއިން އެނިވާސަރީ ހަދާންނެތިގެން އެކަމާ ރުޅި އައިސް ޖޯޑުތަށް ރޫޅިގެންދާތަން މުޖްތަމައުން ވެސް ނުފެނެއެކޭ ނުބުނެވޭނެއެވެ. އެއްބަޔަކު މިކަހަލަ ކަންތައްތަށް ޖޯކެއްގެ ގޮތުގައި ނެގިއަސް މިއީވެސް ވަރަށް މުހިންމު ކަމެކެވެ. ލޯބިން ގުޅުނު ދުވަސް ފާހަގަ ނުކުރާ ޖޯޑެއް މިހާރު ވަރަށް މަދުވާނެއެވެ. ވިހާވެސް ސްޕެޝަލްކޮށް މިދުވަސް ފާހަގަކޮއްލަން އެއްމެން ވެސް ބޭނުންވެއެވެ. އެނިވާސަރީ ނޫނަސް ދެމީހުން ފުރަތަމަ ދިމާވި ދުވަސް ފަދަ ދުވަސްތައް ހަދާނުގައި ބެހެއްޓުމުން އަނެކާ ތިމާދެކެ އިންޕްރެސްވެ ލޯބިވާ ލެއް ބޮޑުވެގެންދާނެ އެވެ. އަދި ތިމާ އަކީ ވެލިއުބަލް މީހެއްގޮތުގައި ބަލައިގަންނާނެ އެވެ.
މަތީގައި ފާހަގަކޮއްލެވިފައިވާ ކަންތަކަކީ ވާޖީހަޔާތް ރަނގަޅުކޮށް ތާއަބަދަށް އެކުގައި ލޯބިން އުޅެލުމަށް އަހަރަމެންނަށް އަމަލު ކޮއްލެވޭނެ ބައެއް ކަންތައްތަކެވެ. އަދި މި ކަންތައްތައް ކުރަމުން ސްޓޭޓަސް ތަށް އަޕް ކޮށްގެން ލަދަކު ބެދޭކަށް ނުޖެހޭނެ އެވެ.