ޓޫރިޒަމް

ތިމާވެށީގެ އެންމެ މަތީ އެއް ޝަރަފު ހަޑަހާ ރިސޯޓަށް

May 24, 2016
  • އެވޯޑު ދިނުމުގައި ގިނަ ކަންތައްތަކަށް ބަލާ
  • މި އެވޯޑު ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ލިބިފައިވޭ
  • ހަޑަހާއަށް ކުރިން ގިނަ ވަނަތަނެއް ލިބިފައިވޭ

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށްދޭ "އާތްޗެކް" ގޯލްޓަން ސެޓްފިކެޓް ރާއްޖޭގެ ޕާކްހިޔަޓް ހަޑަހާ ރިސޯޓަށް ލިބިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އިންޓެންސިވް ޓްރެވަލް އެންޑް ކޯޕަރޭޓް މީޑިންސް (އައިޓީސީއެމް) ނިއުސްގައިވާ ގޮތުން ރާއްޖޭގެ ހަޑަހާ ރިސޯޓަށް ލިބިފައިވަނީ "އާތްޗެކް" ދޭ އެންމެ މަތީ އެވޯޑު ކަމަށްވާ ގޯލްޑަން ސެޓިފިކޭޝަނެވެ.

"އާތްޗެކް" ގޯލްޑް ސެޓިފިކޭޝަން ދެނީ ޓޫރިޒަމް ދާއިރާގެ އެކި ޕްރޮޕަޓީ ތަކުން ކުނި ނައްތާލުމުގެ ނިޒާމާއި މަސައްކަތުގެ މާހައުލުގައި ޖައްވަން ދުން ދޫކުރާ މިންވަރު ބެލުމަށްފަހު އެވެ. މި ސެޓްފިކެޓް މީގެ ކުރިން ރާއްޖޭގެ ނުވަ ރިސޯޓަކަށް ލިބިފައިވެ އެވެ.

ޕާކްހިޔަޓް ހަޑަހާ ރިސޯޓަށް މީގެ ކުރިން ތިމާވެށީގެ ގިނަ ވަނަތަކެއް ލިބިފައިވެ އެވެ. އެގޮތުން "ވޯލްޑް ޓްރެވަލް" އެވޯޑުން ދޭ ލީޑިން ގްރީން ރިސޯޓުގެ އެވޯޑާއި ޕެޑީ ގްރީސްޓާ އެވޯޑުވެސް ލިބިފައިވަނީ މި ރިސޯޓަށެވެ.