ހަބަރު

ތިމާވެއްޓާ ގެއްލުންވާތީ ބ. އިންނަފުށި އެއްބަސްވުން ވެސް ބާތިލް ކުރަނީ

އިންނަފުށި: މިރަށް ހިމެނޭ ސަރަހައްދަކީ ގުދުރަތީ ގޮތުން ރީތި ސަރަހައްދެއް - ފޮޓޯ: އޭދަފުށި ވޮއިސް
0%
100%
0%

ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ބ. އަތޮޅު އިންނަފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުން ވެސް ބާތިލް ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އިންނަފުށި ހިމެނޭ ސަރަހައްދު ހިމާޔަތް ކުރަން ނިންމީ، އެ ސަރަހައްދަކީ ރާއްޖޭގެ އެންމެ ރީތި އެއް ސަރަހައްދަށް ވާތީ ކަމަށެވެ.

"މި ރަށް ހިމެނޭ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ހިމެނޭ ސަރަހައްދެއް. ބ. އަތޮޅު ނުވަތަ ގޮއިދު އަތޮޅު. މިއީ ރާއްޖޭގައި އޮތް ނެޗުރަލް މައިކްރޯ، ހަމައެކަނި އަތޮޅު. ވަރަށް ރީތި ޖަޒީރާވަންތަ އެއް އަތޮޅު. މި ސަރަހައްދު ކައިރީގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ހިމެނޭ،" އަލީ ވިދާޅުވިި އެވެ.

އިންނަފުށި 2017 ވަނަ އަހަރު ކުއްޔަށް ދޫކޮށްފައިވަނީ ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެ ކުންފުނިން ވަނީ މި ރަށުގެ އިކުއެޒިޝަން ކޮސްޓްގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ) ދައްކާފަ އެވެ.

އަލީ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ކުރީގެ ސަރުކާރު ތަކުން ކަންތައް ކުރިގޮތާ ހިލާފަށް، ރާއްޖޭގެ ޓޫރިޒަމަކީ ސަސްޓޭނަބަލް ޓޫރިޒަމެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށެވެ. މިގޮތަށް ތަރައްގީ ކުރުމަށް ބައެއް އެއްބަސްވުންތައް އުވާލި ނަމަވެސް އޭގެ ބަދަލު އިންވެސްޓަރަށް ދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން ވެސް އުވާލަން ވެސް ނިންމާފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފައްލަ

ޝުކުރިއްޔާ

ސާޔާ

ސޮނޭވާފުށިންބޭނުންކުރާ ނެލިވަރު ފިނޮޅު އެއީ މާލޭންއުތުރުގައޮތް ގާދޫނިއެންމއގިނައިން ބިސްއަޅާ އެއްތަން. އެކަމަކު ބ.އަތޮޅު ކައުންސިލަށް ލާރިލިބޭތީ އަދި ކައުންސިލަރުންނަށް ސޮނެވާގަ ޗުއްޓީ ހެދޭތީ އެތަން ސޮނެވާބޭނުނަކުރަން ދީފައޮންނަނީ. ށޮނެވާއިން އެތަން އޯވަރނައިޓަކަށް ގެސްޓުންނަށް ވިއްކަނީ ރެޔަކަށް އެއްހާސް ޑޮލަރަށް.

ކޮބާ

ކޮބާ ބްރޯ ޗަންޕާއަށް ޅ.އަތޮޅުން ވިއްކާލި މާބިންހުރާ އަދި ޖެހިގެން އޮންނަ އިންނަހުރާ.....100% އަތުނުލެވޭނެކަން....

ފަރުދެއް

ތިހެން އޮއްނަ މަދު ކުދި ޖަޒީރާ ރަށްތައް ވިޔާފާރި އުސޫލުން ނުދިނުމަށް ދަންނަވަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345