ޖޯލި މޯލްޑިވްސް

ޖޯލި ރިސޯޓްގައި މުރަކަ އިންދިގޮތުން ޖޫރީމަނާ ކޮށްފި

އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އާއައިއޭ) ނުހަދައި ޖޯލި ރިސޯޓުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމުން 20،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މުރަކަ އާލާކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ކަމަށެވެ.

އެހެންވެ އަލީ ބޭ މޯލްޑިވިސް ޕްރައިވެޓް ލިމިޓެޑް މި މަހުގެ 22 ވަނަ ދުވަހު 20،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ.

އީޕީއޭ އިން ބުނީ ރިސޯޓްގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބަލައި މައުލޫމާތު އެއްކުރި ކަމަށެވެ. އެގޮތުން ލިބުނު މައުލޫމާތާއި ހިއްސާކޮށްފައިވާ ލިޔުންތަކާއި އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފަށާފައިވަނީ އީއައިއޭ ނުހަދާކަން އެނގޭ ކަމަށެވެ.

އީޕީއޭ އިން ވަނީ ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމަށް މިހާރުކޮށްފައިވާ މަސައްކަތާއި އެ މަސައްކަތާއި ގުޅިގެން އެރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް އެއްމަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހުށަހެޅުމަށްވެސް އަންގާފަ އެވެ.