އީޕީއޭ

ބޯޓު ފުންކުރާ ޓަގް އަދި ނާދޭ

މި މަހު 19 ވަަނަ ދުވަހު ރަސްފަރި ފަރަށް އެރި "ނާވިއޮސް އާމަލިސް" ބޯޓު ފުން ކުރަންޖަހާ ޓަގު ބޯޓު އަދި ނާންނަ ކަމަށް އީޕީއޭއިން މައުލޫމާތު ދީފި އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި އުރިފައިވާ އާގު ބޯޓު ފުން ކުރަން ކުރަންޖެހޭ މަސައްކަތްތަކަށް ތައްޔާރު ވަމުން ގެންދާ ކަމަށާއި ޓަގު ބޯޓު ރާައްޖެ ގެނައުމުގެ މަސައްކަތް ބޯޓު ދުއްވާ ކުންފުނިން ކުރަމުން ގެންދާ ކަމަށާއި އެކަމަށް ބޭނުންވާ ސާމާނާއި އިތުރު ތައް ޔާރީތައް ވެސް ފަށާފައިވާ ކަމަށެވެ. -- ތިން ޓަގެއް ގެންނާނެ އެވެ.

"ބޯޓު ފުން ކުރުމުގެ މަސައްކަތައް އެ ކުންފުނިން މިހާރު ވަގުތީ ތައާވަލެއް އެބަ ގެންގުޅޭ، އެކަމަކު ފުން ކުރެވޭނެ ވަކި ތާރީހެއް ޔަގީން ކުރެވޭނީ ހުރިހާ ތައްޔާރީތަކެއްވެ ނިމުމުން" ނައީމް ވިދާޅުވި އެވެ.

ބޯޓު ދުއްވާ ކުންފުނިން ދަނީ ތެޔޮ ލީކަކަށް ނުވަތަ "އޮއިލް ޕޮލިއޝަން" އަކަށް ވެސް ކުރިއާލާ ތައްޔާރު ވަމުންނެވެ.

"ނާވިއޮސް އާމަލިސް" އުރުނީ އިންޑިއާގެ ޓުޓިކޮރިން އިން ދެކުނު އެފްރިކާގެ ސަލްޑޭންހާ އައިލެންޑުގެ ބަނދަރަށް ދަތުރު ކުރަނިކޮށެވެ. މި ބޯޓުގެ އިންޖީނުގައި މައްސަލަ ޖެހި ހުއްޓުމުން އޮޔާބެހި އަރާފައިވާ ރަސްފަރި ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ.