ފިއުލް ސަޕްލައި މޯލްޑިވްސް

ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު ފުންކޮށްފި

Jan 7, 2022

ފަރަަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓް ކުރާ ތެޔޮ ބާޖު ފުންކޮށްފި އެވެ.

ސިފައިންގެއިން މިއަދު ބުނީ އެފްއެސްއެމް އިން އޮޕަރޭޓް ކުރަމުންދާ 24 މީޓަރު ދިގުމިނުގެ "މެކުނު" ބާޖް ފުންކުރަން ކުރި މަސައްކަތުން މިއަދު ހަވީރު 4:45 ގައި ފުންކޮށްފައިވާ ކަމަށެވެ. ބާޖު ފަރަށް އަރާފައި ވަނީ ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަކަށެވެ.

އެ އުޅަނދު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ ކޯސްޓް ގާޑުންނެވެ. މި ހާދިސާގައި ތެޔޮ ލީކުވެފައި ނުވާ ކަމަށް ވެސް ސިފައިންގެއިން ކުރީން ވަނީ ބުނެފަ އެވެ.