ޕިކްނިކް އައިލެންޑް

މަތިންދާބޯޓު ފައްތައިގެން ކުޑަގިރީގައި ޑައިވް ސައިޓެއް ހަދަނީ

ކުޑަކިރި ކައިރިއަށް ފައްތާ މަތިންދާބޯޓު --
0%
0%
0%

ކ. ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރަން ނިންމައިފި އެވެ.

މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މިއީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަތިންދާބޯޓުތައް ފެއްތުމުގެ ކުރިން ކުރަންޖެހޭ ސާފުކުރުން ސާފުކޮށްފައިވާއިރު ދެ މަތިންދާބޯޓު އޮޔަށް، ރާޅަށް ގުޑާގުޑުން ކުޑަކުރުމަށްޓަކައި ބަރު ކުރުމަށް ތައްޔާރުކޮށްފައިވާ ފައި ތަނބުތައް ތައްޔާރުކޮށް، ހަރުކޮށް، ފެއްތުމަށް ވަނީ ތައްރާރުކޮށްފަ އެވެ.

ކުޑަކިރި ކައިރިއަށް ފައްތަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ.

މަޝްރޫއުގެ އީއައިއޭ ރިޕޯޓްގައި ވަނީ މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި ސިއްހީ، ޖިސްމާނީ ހާނިކައިގެ ނުރައްކާ ކުރިމަތިވެދާނެކަން ފާހަގަކޮށްފަ އެވެ. އަދި ޑައިވް ސައިޓް ތަރައްގީ ކުރުމުގެ ތެރޭގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށްވެސް ޖިސްމާނީ އަދި ސިއްހީ ހާނިކައިގެ ނުރައްކާތަކެއްވާކަން ފާހަގަކޮށްފަ އެވެ.

މަތިންދާބޯޓު ފައްތަން ތައްޔާރުކޮށްފަ

އެހެންކަމުން މަޝްރޫއުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ ގެއްލުމުގެ ނުރައްކާ ކުޑަކުރުމަށް ޒިންމާދާރު ފަރާތުން ބައިވެރީންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭ ކަމަށް ރިޕޯޓްގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910