ޕިކްނިކް އައިލެންޑް

މަތިންދާބޯޓު ފައްތައިގެން ކުޑަގިރީގައި ޑައިވް ސައިޓެއް ހަދައިފި

ކ. ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ހަދައިފި އެވެ.

"ދޫނިއާ ރެކް" ގެ ނަމުން ނަންދީފައިވާ މި ޑައިވް ރެކް ސައިޓަށް ފައްތާފައިވަނީ އެއާ މޯލްޑިވްސް އިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ ދެ މަތިންދާ ބޯޓެވެ.

މި ޑައިވް ރެކް ތަރައްގީކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްޓީސީސީގެ އިތުރުން އެމްއެމްޕީއާރްސީ ގުޅިގެންނެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަރައްގީކުރި ޑައިވް ސައިޓެކެވެ.

މި ޑައިވް ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

މި މަތިންދާބޯޓުތައް ފެއްތުމުގެ ކުރިން ކުރަންޖެހޭ ސާފުކުރުން ސާފުކޮށް ދެ މަތިންދާބޯޓު އޮޔާއި ރާޅަށް ގުޑާ ގުޑުން ކުޑަ ކުރުމަށްޓަކައި ފައި ތަނބުތަކެއް ޖަހައި ވަނީ ބަރުކޮށްފަ އެވެ.