ޓެކްނޯލޮޖީ

ޓްވިޓާއިން މިފަހަރު މިދެނީ އުފާވެރި ހަބަރެއް!

ޓްވިޓާއާ ނުލައި ނޫޅޭވޭނެ އެތައް ބަޔަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. ޓްވީޓް ކުރާ، ފޮޓޯ، ވީޑިޔޯ އަދި ޖިފް ފަދަ މަލްޓިމީޑިޔާ އަކީ ޓްވީޓް ކުރަން ޓްވިޓާއިން ދީފައިވާ، 140 ކެރެކްޓާގެ ތެރޭގައި ނުހިމަނާނެ ކަން މި ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ކެރެކްޓާ ލިމިޓްގެ ތެރޭގައި މިފަދަ މަލްޓިމީޑިޔާ މީގެ ކުރިން ކައުންޓު ކުރަމުން އައި، ނަމަވެސް އަލަށް މިގެންނަ ބަދަލާއި އެކު ޓްވިޓާގެ ކެރެކްޓާ ލިމިޓް ކައުންޓު ކުރުމުގައި މަލްޓިމީޑިޔާ އެއްވެސް ވަރަކަށް ކައުންޓް ނުކުރާނެ އެވެ. މީގެ ތެރޭގައި ލިންކު ކުރެވިފައިވާ ބަސްތަކާއި ޔޫސާތަށް ވެސް ކައުންޓެއް ނުކުރާނެ އެވެ.

ޓުވިޓާގެ ޗީފް އެކްސެކިއުޓިވް ޖެކް ޑޯސޭ އާ ހަވާލާ ދީ ރިޕޯޓުތަށް ބުނާ ގޮތުންނަމަ މި ގެނެވުނު ބަދަލުގެ މައިގަޑު މަގްސަދަކީ ޓްވީޓް ކުރާ ފަރާތްތަކަށް އިތުރު މިނިވަންކަމެއް ދީ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށް އޮންނަ ޖާގަ ފުޅާކުރުމެވެ. އަދި އެ ކުރާ ޓްވީޓަކީ ހަމަ ޖެހޭ އަދި އެބުނާ އެއްޗެއް އަވަހަށް ދެނެގަނެވޭ ފަދަ ޓުވީޓަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޖެކް ޑޯސޭއާ ހަވާލާދީ ބީބީސީ އިން ބުނަނީ ޓުވިޓާއިން ބޭނުންވަނީ މިއަހަރު ނިމުމުގެ ކުރިން ޓްވިޓާއަށް ތަފާތު ބޮޑު ބަދަލުތަކެއް ގެނެސް ކުރިޔަށް ވުރެ ބޭނުންކޮށްލަން ފަސޭހަ ޕްރޮޑަކްޓް އަކަށް ޓުވިޓާ ހެދުން ކަމަށެވެ. އަދި އާންމުންގެ ތެރޭގައި އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކަށް ޓުވިޓާ ހެދުމަކީ ޓްވިޓާ ޓީމްގެ އެންމެ ބޮޑު އުންމީދެވެ. އަދި މިއަހަރުގެ ތެރޭގައި އާންމުން އަޖައިބު ކޮށްލާނެ ފަދަ އަޕްޑޭޓް ތަކެއް ގެނެސް ދިނުމަށް ޓްވިޓާއިން މިހާރުވެސް ދަނީ މަސަތްކަތް ކުރަމުންނެވެ.

މިއަހަރުގެ ކުރީކޮޅު ވަނީ ޓުވިޓާގެ ކެރެކްޓާ ލިމިޓް 10،000 އަށް ބޮޑުކުރާން އުޅޭ ކަމުގެ އަޑުތަކެއްވެސް ފެތުރިފަ އެވެ. ނަމަވެސް ޓުވިޓާއިން އެއާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ނުދެއެވެ. ދިވެހިންގެ މެދުގައި ވެސް ޓުވިޓާއަކީ ވަރަަށް ވެސް މަޝްހޫރު ސޯޝަލް މީޑިޔާއެކެވެ. އެހެން ކަމުން ޓްވިޓާ ބޭނުން ކުރާ ދިވެހިންނަށް ވެސް މި އޮތީ އުފާވެރި ހަބަރެކެވެ.