ދުނިޔެ

ގޫގުލް ޕްލޭއަށް ކުޑަ ބަދަލެއް، އިތުރު މަސައްކަތެއް

ގޫގުލް ޕްލޭ ސްޓޯރަށް ކުޑަ ބަދަލެއް ގެންނަނީ އެވެ. މި ބަދަލުގައި ޕްލޭއަށް ވަންނައިރު މަތީގައި އޮންނަ ސާޗް ފީލްޑް ތިރިއަށް ބަދަލުވެގެން ދާނެ އެވެ.

ގޫގުލް ޕްލޭ އެޕްލިކޭޝަނަށް މި ބަދަލު ގެންނަ ސަބަބެއް ގޫގުލް އިން ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޫގުލްގެ ވިސްނުމަކީ އެ ކުންފުނީގެ ހުރިހާ އެޕްލިކޭޝަނެއްގައި އާޓިފިޝަލް އިންޓެލިޖެންސް ހިމެނުމެވެ.

މި ބަދަލަކީ ބެލެވޭ ގޮތުގައި ގޫގުލުން ކުރިއަށް ވިސްނާފައި ހުރި ހިދުމަތްތަކެއް ޕްލޭ އެޕްލިކޭޝަންގައި ހިމެނުމަށް ގެނައި ބަދަލެކެވެ.

މި ބަދަލާ އެކު ޕްލޭ ސްޓޯރުން އެޕްލިކޭޝަނެއް ހޯދުމަށް އިތުރު ހަރަކާތަކަށް ބޭނުންވާނެ އެވެ. އެއީ ތިރީގައި އިންނަ ސާޗް އައިކަނަށް ފިތާލުމެވެ.

އެންޑްރޮއިޑް ފޯނު ބޭނުންކުރާ ބައެއް މީހުންނަށް މި އަޕްޑޭޓް ވަނީ ލިބިފަ އެވެ. މީގެތެރޭގއި ގޫގުލްގެ އަމިއްލަ ފޯނު، ގޫގުލް ޕިކްސެލް ހިމެނެ އެވެ.

ނައިޓްފައިވްގޫގުލް އިން ބުނާ ގޮތުން ބައެއް އެންޑްރޮއިޑް ފޯނުތަކަށް މި އަޕްޑޭޓް ލިބުމުގައި ދުވަސްކޮޅެއް ނަގާނެ އެވެ. ގޫގުލުން މި ސާވިސް އަޕްޑޭޓް ފޮނުވަނީ އޮޕަރޭޓިން ސިސްޓަމަށް ބަލައިގެން ވަކި ތަރުތީބަކުންނެވެ.