ދުނިޔެ

ގޫގުލް އައިއޯ ކޮންފަރެންސް މެއި 14 ގައި

ގޫގުލް ޑިވެލޮޕާސް ކޮންފަރެންސް މި އަހަރަށް ޚާއްސަ ތީމް -- މި ސަމިޓް ޑިވެލޮޕަރުންނަށް ވުރެ އާންމުންނަށް މުހިންމު
0%
0%
0%

ގޫގުލްގެ އަހަރީ ޑިވެލޮޕާސް ކޮންފަރެންސް -- ގޫގުލް އައިއޯ ކޮންފަރެންސަށް ގިނަ ބައެއްގެ ތާއީދާއި ލޯބި އަބަދުވެސް އޮވެ އެވެ. މިއަހަރުގެ ސަމިޓަށް ހާއްސަކޮށްފައި އޮތް ތާރީހަކީ މެއި 14 އެވެ.

އައިއޯ ކޮންފަރެންސްގެ ނަން ޑިވެލޮޕަރުންނަށް ހާއްސަވާ ގޮތަށް އޮތް ނަމަވެސް ޑިވެލޮޕަރުންނަށް ވުރެ ބޮޑަށް މި ކޮންފަރެންސްގެ މުހިއްމުކަން އާންމުންނަށް ބޮޑެވެ.

މިއީ ގޫގުލް އިން އާ ހިދުމަތްތަކެއް ކޮންމެ އަހަރަކު ވެސް ތައާރަފް ކުރާ އެއްވުމެކެވެ.

މުޅިން އާ ހާޑްވެއާ އަދި މުޅިން އާ ސޮފްޓްވެއާ މާކެޓްކުރުމުގައިވެސް ގޫގުލްގެ މައިގަނޑު އަމާޒަކީ އާންމުންނެވެ.

ގޫގުލްގެ ސްމާޓްފޯން އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އަދި އެ ކުންފުނީގެ އަމިއްލަ ސްމާޓްފޯން -- ޕިކްސެލްއާ ގުޅުން ހުރި އާ ސާވިސްތައް -- އާންމު މާކެޓަށް ނެރުމުގެ ކުރިން މި ސަމިޓްގައި ތަޖުރިބާކުރެވެ އެވެ.

ފާއިތުވި ސަމިޓްތަކާ ހިލާފަށް މި އަހަރުގެ ކޮޮންފަރެންސްގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ މައުލޫއަކަށް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ވާނެ އެވެ.

ކުރިއަށް އޮތީ އޭއައިގެ ޖީލުތަކެއް ކަމަށް ވާތީ ގޫގުލް އިން ވެސް އަވަދިނެތި މަސައްކަތްކުރަނީ މި ދާއިރާއިން ދުނިޔެއަށް އަޖައިބުތަކެއް ދެއްކުމަށެވެ.

ގޫގުލް ޑިވެލޮޕާސް ކޮންފަރެންސާ ގުޅުން ހުރި ހަބަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ތަފްސީލް ވާނެ ކަމަށް ބެލެވެ އެވެ. ބައިވެރިވާ ކުންފުނިތަކާއި ފެންނާނެ އުފެއްދުންތައްވެސް އެނގި ތައްޔާރުވުމަށް ފުރުސަތު ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910