އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ ވަޓްސްއެޕް އެޕްލިކޭޝަނަށް ކުޑަ ބަދަލެއް ގެނެސްފި އެވެ.
މި ބަދަލުގައި ފެންނަނީ ސްކްރީންގެ މަތީގައި ކުރިން އޮތް ނެވްބާ، ސްކްރީންގެ ތިރިއަށް ބަދަލުކޮށްފައި ވާތީ އެވެ.
ވަޓްސްއެޕްގެ ލޭއައުޓަށް ގެނައި މި ބަދަލުގެ ސަބަބުން އެޕްލިކޭޝަންގެ މަސައްކަތްތަކަށް ބަދަލެއް ނައި ނަމަވެސް ބޭނުންކުރާ މީހުންނަށް ފަސޭހަކަން ފާހަގަކުރެވެ އެވެ.
ވަޓްސްއެޕް މިހާރު ފެންނަނީ ތަންކޮޅެއް ހަރަކާތްތެރި -- އެކްޓިވިޓީ ގިނަ އެޕްލިކޭޝަނެއް ގޮތަށެވެ.
ސްކްރީންގެ ތިރިއަށް ނެވްބާ ބަދަލުކުރުމުން އެޕްލިކޭޝަން ބޭނުންކުރާ މީހުން ކުރަންޖެހޭ ހަރަކާތްތައް މަދުވެ ސްކްރީންގައި އިނގިލި ޖައްސަން ޖެހޭ ތަން އިނިގިލިތަކާ ވަނީ ކައިރިވެފަ އެވެ.
ވަޓްސްއެޕަށް މި ބަދަލުތައް ގެނައުމަށް ފަހު، ވަޓްސްއެޕް ޓީމުންވެސް ބުނެފައިވަނީ މި ބަދަލަކީ ބޭނުންކުރާ މީހުންނަށް ދިން ލުޔެއް ކަމަށެވެ. އަދި އިނގިލި އުފުލައި ސްކްރީންގެ މަތީގައި ޖެއްސުމުގެ ބަދަލުގައި ފޯނު ހިފަހައްޓައިގެން ހުރެވެސް ފީޗާތައް ބޭނުންކުރެވޭނެ ކަމަށެވެ.
ވަޓްސްއެޕްގެ ލޭއައުޓަށް ގެނައި މި ބަދަލު މިހާރު އެންޑްރޮއިޑް ހުރިހާ ފޯނަކަށް ލިބެނުންދާނެ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތައް ވަކިވަކިން އަޕްޑޭޓް ފޮނުވާ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ހުރިހާ ސަރަހައްދަކަށް މި ބަދަލުތައް ފެންނާނެ ކަމަށް ވަޓްސްއެޕް މެނޭޖްމަންޓުން ބުނެ އެވެ.