ފާމްވިލްއޭ ބުނުމުން މިހާރު ވެސް ބައެއް މީހުންގެ ގައި ހީބިހިނަގާނެ އެވެ. މީގެ 10 ވަހަރަކަށް އަހަރުކުރިން ފޭސްބުކަށް ވިޔަފާރި ތަނަވަސްކޮށްދިނުމުގައި މީހުން އެއްތަންކުރި ވާޗުއަލް ގޭމް ޕްލެޓްފޯމަކީ ޒިންގާގެ ފާމްވިލް ފްރެންޗައިޒް އެވެ.
ފާމްވިލް ގޮވައިގެން ޒިންގާ އެނބުރި އަންނަނީ އެވެ. ދަނޑުބިންތަކުގައި ގޮވާންކުރުމަށާއި ގެރިބަކައްޓަށް ވިނަކާންދޭން ތައްޔާރުވާންވީ އެވެ. ފޭސްބުކް މެދުވެރިކޮށް ޒިންގާއަށް ގޭމްކުޅެދީގެން ކުދި ވިޔަފާރި ފެށި މީހުން ދިވެހިރާއްޖޭގައި ވެސް އެބައުޅެވެ.
ޒިންގާއިން ބުނި ގޮތުން މިއަހަރު ނޮވެމްބަރުގައި އާ ގޭމްތައް ކުޅެވޭނެ އެވެ. ފާމްވިލް ތިނެއް މިހާރު ވެސް އޮތީ ތައްޔާރަށެވެ. ތަންކޮޅެއް ކުރިން ރެޖިސްޓަރުކުރަން އެދޭ ކޮންމެ މީހަކަށް އެ ފުރުސަތު އޮތީ ހުޅުވާފަ އެވެ.
ޒިންގާއިން ބުނީ އާ އުއްމީދަކާ އެކު އޮންލައިން ގޭމްތައް ހުޅުވާލާއިރު އެންމެ ބޮޑު އިސްކަމެއް މިވަގުތު ދޭނީ އެންޑްރޮއިޑް ޑިވައިސްތަކަށް ކަމަށެވެ. ލަސްތަކެއް ނުވެ އައިއޯއެސްއަށް ވެސް ހުޅުވާލާނެ ކަމަށް އޮތީ ބުނެފަ އެވެ.
ޒިންގާއިން މިހަރު އަންނަނީ އާޖަނަވާރުތައް ވެސް ގޮވައިގެންނެވެ. އެ ސޮރުމެންގެ އާއިލާ އާއި ދަރިފަސްކޮޅު ބަލަހައްޓާއިދޭން އެދޭ ނަމަ ކުކުޅު ފިޔޮކަށް ކޮކާފަނި ކާންދޭން ދަސްކުރަންވީ އެވެ. ޒިންގާއިން ބުނީ އެންމެ ފުރަތަމަ ރެޖިސްޓަރީވާ މީހުންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް ރީތީ ފޮޓޯ އާއި ވޯލްޕޭޕަރު ލިބޭނެ ކަމަށެވެ.