އަނގަތަޅަން ޚާއްސަ ސޯޝަލް މީޑިއާ އެޕްލިކޭޝަން ކްލަބްހައުސް އަށް ޑާކްމޯޑް ދޭން ފަށައިފި އެވެ. ކްލަބްހައުސް މެނޭޖްމަންޓުން ބުނާ ގޮތުން އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން އެޕަލް އައިއޯއެސް ޑިވައިސްތަކަށާއި އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް ޑާކްމޯޑް ލިބެމުން ދާނެ ކަމަށެވެ.
ޑާކްމޯޑް ފުރަތަމަ ތައާރަފު ކުރަނީ ބައްރުތަކަށް ބަހާލައިގެން މީހުން ގިނަ ގައުމު ތަކަށެވެ. އަދި އެ ގައުމެއްގައި އެންމެ ގިނައިން ކްލަބްހައުސް ބޭނުންކުރާ އަވަށްތަކަށް އަމާޒުކޮށްގެންނެވެ.
ކްލަބްހައުސް ޑާކްމޯޑް ވެސް މަސައްކަތް ކުރަނީ އެހެން އެޕްލިކޭޝަންތަކުގައި ޑާކްމޯޑް މަސައްކަތްކުރާ ގޮތަށެވެ. ޑާކްމޯޑަށް ބަދަލުކުރުމުން ބެކްގްރައުންޑް އެއްކޮށް ކަނުއަނދިރިއަށް ބަދަލުވެ އެވެ.
އެޕްލިކޭޝަންތަކުގައި މިފަހަކަށް އައިސް ހިމަނަމުން ގެންދާ ޑާކްމޯޑްގެ ބޭނުމަކީ ލޮލަށް ބާރުކުޑަކުރުމެވެ. ސްމާޓް ޑިވައިސްތަކުގެ ބެޓެރީ ދަމަހައްޓަން ނުވަތަ ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމަށް އެހީތެރިވާ ފީޗާއެއް ގޮތުގައި ވެސް ޑާކްމޯޑް ބޭނުންކުރެވެ އެވެ.
ކްލަބްހައުސް ޑާކްމޯޑަށް ބަދަލުކުރަން އެދޭނަމަ ސެޓިންއަށް ގޮސް ޑާކްމޯޑަށް ބަދަލުކުރުމުން ދިގުވާހަކަތަކެއް ކުރުކޮށްލެވުނީ އެވެ.
ދެން އޮތީ ކްލަބްހައުސްގެ ސެޓިން ހޯދާނެ ގޮތާ ބެހޭ ގޮތުން ކުރަން އޮތް ސުވާލެވެ. ޖަވާބަކީ ޕްރޮފައިލް ފޮޓޯއަށް ފިތާލުމަށް ފަހު ފުންނޭވާއެއް ލުމުން ސެޓިން ފެނިދާނެ އެވެ.
ކްލަބްހައުސް ޑާކްމޯޑަށް ބަދަލުކުރާ އިރު އިޚުތިޔާރީ އެހެން ފަސޭހަތަކެއް ވެސް އަތްދޮށަށް ގެނެވިދާނެ އެވެ. އެއީ ޑާކްމޯޑް ޖައްސާފައި އަބަދު ބަހައްޓަން އެދޭނަމަ 24/7 ނުވަތަ ރޭގަނޑު އަނދިރީގައި ލޮލަށް އުނަދަގޫވާ ނަމަ "ޑާކްމޯޑް ނައިޓް އޮންލީ" ވެސް އިޚުތިޔާރު ކުރެވިދާނެ އެވެ.
އެންޑްރޮއިޑް އަދި އައިއޯއެސްގެ ތަބީއަތުގައި ވެސް ޑާކްމޯޑެއް ހިމަނާފައި ވާތީ ބައެއް ފަސޭހަތައް އިޚުތިޔާރު ކުރަން ފޯނުގެ ސެޓިންއަށް ވެސް ވަންނަން ޖެހިދާނެ އެވެ. ފޯނުގެ ސެޓިން ހޯދަން ދަތި ނަމަ ތިޔަ ވައްތަރު ފޯނުގެ ސެޓިންއާ ބެހޭ ގޮތުން ގޫގުލް ކުރެން އަހާށެވެ.