ހަބަރު

ގަވާއިދާ ހިލާފުވުމުން ޓީލް ޕެޓިޝަރީ ވަގުތީ ގޮތުން ބަންދުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ގަވާއިދާ ހިލާފުވުމުން ޓީލް ޕެޓިސަރީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އެޗްޕީއޭގެ އޮފިޝަލެއް "އަވަސް"އަށް ވިދާޅުވީ އެ އޭޖަންސީ އިން ކެފޭ ރެސްޓޯރަންޓުތައް ބަނދުކުރަނީ ސާފްތާހިރުކަން ދައްވުމުން ނޫނީ ކާބޯތަކެތި ގެންގުޅެން އެކަށީގެން ނުވާ ގޮތަށް ތަންތަން ހުރުމުން ކަމަށެވެ. އެހެން ނަމަވެސް ޓީލް ޕެޓިސަރީ ބަނދު ކުރީ އެއިން މައްސަލައަކަށް ނޫން ކަމަށާއި އެމީހުން އެޗްޕީއޭގެ ގަވައިދާ ހިލާފުވީ ކަމަށެވެ. އެއީ ކޮން މައްސަލައަށް ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

"އަޅުގަނޑުމެން ވާނީ އެތަނުގެ ރަނގަޅު ކުރަން ހުރި ކަންކަން ކިޔާދީފައި. ދެން އިސްލާހު ކުރުމުން އަޅުގަނޑުމެން އިންސްޕެކްޓު ކުރުމަށް ފަހު އަލުން ހުޅުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޓީލް ޕެޓިޝަރީ އަކީ ޝަހީދު އަލީ މިސްކިތް ކައިރީ ހުންނަށް ބޭކަރީ އެކެވެ. އެތަން ބަނދުކޮށް ވަނީ އެޗްޕީއޭގެ ނޯޓިސް ވެސް ހަރުކޮށްފަ އެވެ.