ހަބަރު

ނަމާދު ކުރަން ދަސްކޮށްދޭން ހާއްސަ ވޯކްޝޮޕްތަކެއް ބާއްވަނީ

ރޯދަ މަހާ ގުޅުވައިގެން "ލޯތަކުގެ ފިނިކަން" ނަމުގައި ނަމާދު ވޯކްޝޮޕެއް ބާއްވަން އަލް އަސްރު ޖަމިއްޔާއިން ނިންމައިފި އެވެ. އެ ޖަމިއްޔާއިން ބުނީ ލޯތަކުގެ ފިނިކަން ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ ދެ ދުވަހުގެ މުއްދަތަށް ކަމަށެވެ.

އަސްރު ޖަމިއްޔާއިން ބުނީ އެ ވޯކްޝޮޕުގައި ބައިވެރިންނަށް އިލްމްވެރިންގެ ތަހުގީގުތަކާއި ނަމާދުގެ ބައެއް ކަންކަމުގައި މަޒްހަބުތަކުގެ މެދުގައި ހުރި ތަފާތުވުންތަކުގެ މައުލޫމާތު ދޭނެ ކަމަށެވެ. އަދި ނަމާދާއި ބެހޭ ލުއި ފޮތަކާއި ޒިކުރުތައް އަދި ދުއާ ފޮތެއް ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ. އަދި ބުނީ އެ ވޯކްޝޮޕްގައި ޝޭހް އާދަމް ޝަމީމް އިބްރާހިމް ކިޔަވައިދޭ އިރު ގިނަ ސްކޫލުތަކުން އެ ވޯކްޝޮޕަށް ތަރުހީބުދޭ ކަމަށެވެ.

ދެ ޖިންސުގެ މީހުންނަށް ވެސް ބާއްވާ މި ވޯކްޝޮޕް ކުރިޔަށް ދާނީ އަންނަ ހުކުރު ހޮނިހިރުދުވަހުގައި ގައުމީ ޔުނިވާސިޓީގެ މައި އިދާރާގެ އޮޑިޓޯރިއަމްގައެވެ.