މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ޖޭއެސްސީ ވެސް ހައްޖު ކޯޕަރޭޝަން ސްކީމް އަށް!

May 26, 2016
0%
0%
0%

މުވައްޒަފުންނަށް ހައްޖަށާއި އުމްރާއަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާ ސްކީމުގައި ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބައިވެރިވެއްޖެ އެވެ.

ޖޭއެސްސީއިން އެ ސްކީމްގައި ބައިވެރިވެފައިވާއިރު ސަރުކާރުގެ 13 އޮފީހަކުން މިހާރުވެސް އެ ސްކީމުގައި ވަނީ ބައިވެރިވެފަ އެވެ. ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ މުވައްޒަފުންގެ މަހު މުސާރައިން ވަކި ވަރެއް އުނިކޮށް ހައްޖާއި އުމްރާއަށް ދާން އެ ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމެކެވެ. އެގޮތުން އެ މުވައްޒަފަކު އެދޭވަރަށް މުސާރައިން އުނި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށާއި އަދި 75 ޕަސަންޓު ހަމަވުމަށް ފަހު އެމީހަކު ހައްޖަށް ދެވޭނެ އަހަރު ކަނޑައެޅޭނެ ފުރުސަތު ލިބެއެވެ.

ހައްޖު ކޯޕަރޭޝަން އިން ބުނި ގޮތުގައި މި ސްކީމްގައި މުވައްޒިފުންގެ އިތުރުން އެމީހުންގެ މައިންބަފައިންނާއި އަނބި ދަރިންނަށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު ލިބެ އެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910