އުރީދޫ

އުރީދޫއާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމާ ސާވިސް ހިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއިމްކޮށްފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި މިއީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނަށް މެދުނުކެނޑި މުއާމަލާތްކުރުމާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެގޮތުން އުރީދޫ މޯލްޑިވްސް ޓަޔާ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓާ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދައިދެވުނު ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއެކެވެ. ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ މި ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާއެކު މުސްތަގުބަލުގައި އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށްވެސް ތައްޔާރުވެފައިވާ ސިސްޓަމެއް ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަމާދީ ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން ހައްޖަށްދާ ހައްޖުވެރިންނަށް ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ދެނެގަނެ، ރިލަބިލިޓީ އާއި ސްކެލެބިލިޓީ ކަށަވަރުކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، މުސްތަގުބަލުގައި ތައްޔާރުކުރެވިފައިވާ ކޮންޓެކްޓް ސެންޓާ ސޮލިއުޝަނެއް އަޅުގަނޑުމެން ފޯރުކޮށްދިނީ. މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫއިން ދައްކުވައިދެނީ ޓްރާންސްފޯމޭޝަން ގެނައުމަށް މަގުފަހިކޮށްދޭ އީޖާދީ ސޮލިއުޝަންތަކާއެކު ރާއްޖޭގެ މުއައްސަސާތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރާ މަސައްކަތް،" ހާލިދު ހަމާދީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ މިއީ ހައްޖަށް ދާ މީހުންގެ ހުރިހާ ސުވާލަކަށް ހަރުދަނާ ގޮތެއްގައި ޖަވާބު ދިނުމަށް އިތުބާރު ހުރި ވަން ކޯލް ޑައިލްގެ ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ހާއްސަ ހައްލެއް ކަމަށެވެ.



"ހަމައެކަނި ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ އިތުރުން އިޖުތިމާއީ ކަންކަމަށް ޖަމިއްޔާތައް ގުޅާލުމަށް ވެސް އުރީދޫއިން ދޭ ހިދުމަތުގެ އެންމެ ފުރިހަމަ ޔަގީންކަން ދޭ،" ރާޖޭޝް މެހެތާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އެ ކޯޕަރޭޝަންގެ އޮޕަރޭޝަންތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އުރީދޫ އިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.

މި ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގެނައުމަކީ ހައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ހައްލަކީ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، މުޖުތަމައަށް ފުރިހަމަކަމާއިއެކު ހިދުމަތް ކުރުމުގައި ހިއްސާވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހައްލެއް ކަމަށް ޝަކީލް ވިދާޅުވި އެވެ.

ވިޔަފާރިތައް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް އުރީދޫއިން ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ.