ހަބަރު

ޕްރިންސިޕަލް ބަދަލުވާތީ ދިއްދޫ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި

ހއ. ދިއްދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުވާން އުޅުމުން އެރަށުގެ 150 އެއްހާ ބެލެނިވެރިން ނިކުމެއް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން މިއަދު ވިދާޅުވީ ސްކޫލު ޕްރިންސިޕަލާއި ސީނިއާ މެނޭޖްމަންޓާ ޖެހުނު މައްސަލައަކާއި ގުޅިގެން ޕްރިންސިޕަލް އަމިއްލަފުޅަށް ސްކޫލ ބަދަލު ކުރައްވާތީ ބެލެނިވެރިން މިއަދު ނުކުމެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަށް 150 އެއްހާ ބެލެނިވެރިން ޝުއޫރު ފާޅު ކުރަން އެއްވުމުން ޕްރިންސިޕަލް އެފަރާތްތަކަށް ބައްދަލުކޮށްފައިވާ ކަމަށެވެ.

"ބެލެނިވެރިން ބޭނުންވަނީ ސްކޫލުގައި އެ ޕްރިންސިޕަލް ހުންނަން. އެ ޕްރިންސިޕަލް ބެލެނިވެރިންނަށް މާ ބޮޑަށް ކަމުދޭ. އެހެންވެ ސުލްހަވެރި އެއްވުމެއް މިއަދު ސްކޫލު ކައިރީ ބޭއްވި 150 އެއްހާއި ބެލެނިވެރިން އެއްވެގެން. ޕްރިންސިޕލް އޭގެ ތެރެއިން ބައެއް ބޭފުޅުންނާއި ވާހަކަ ދައްކައިގެން ޕްރިންސިޕަލްގެ ހުރި ކަނބޮޑޫވުންތައް އެމީހުނަށް ކިޔައިދީފައި،" ސިނާން ވިދާޅުވި އެވެ.

ދިއްދޫ އަކީ އާބާދީގައި 2527 މީހުން ދިރިއުޅޭ ރަށެކެވެ.