ހަބަރު

އެޗްޑީއެފްސީގެ ހިއްސާއަކަށް 17.50 ރުފިޔާ ދޭން ފާސްކޮށްފި

ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މިދިޔަ އަހަރު ލިބުން ސާފު ފައިދާ އިން ހިއްސާއަކަށް 17.50 ރުފިޔާ ބަހަން ނިންމައިފި އެވެ.

އެޗްޑީއެފްސީ އިން ބުނީ އެކުންފުނީގެ 21 ވަނަ އަހަރީ ޖަލްސާ މިދިޔަ ހޮނިހިރު ދުވަހު ހޮޓަލް ޖެންގައި ބޭއްވި ކަމަށާއި އަދި މާލީ ހިސާބުތައް ފާސްކޮށް، ކުންފުނީގެ ހިއްސާދާރުންގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 17.50 ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހިއްސާދާރުންގެ ޑިވިޑަންޑު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށައިފަވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ޗްޑީއެފްސީއިން ބުނީ އެ ރަސްމިއްޔާތުގައި ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ އަދި އިންޓާނަލް އޮޑިޓަރުންގެ ގޮތުގައި ޕީޑަބްލިއުސީ ވެސް ހަމަޖެއްސި ކަމަށެވެ.

އެޗްޑީއެފްސީގެ އަހަރީ ރިޕޯޓުން ދައްކައި ގޮތުން މިދިޔަ އަހަރު އެކުންފުނީގެ ޖުމުލަ އާމްދަނީ އަކަށް 130 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ އަހަރު ލިބުނީ 121.4 ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އިން ޓެކްސް ކެނޑުމަށް ފަހު 60.5 މިލިއަން ރުފިޔާ ލިބުނު އިރު އޭގެ ކުރީ އަހަރު ޓެކްސް ކެނޑުމަށް ފަހު ފައިދާ ގޮތުގައި ލިބުނީ 54.9 މިލިއަން ރުފިޔާ އެވެ.