ލައިފްސްޓައިލް

"ފައިސާއިން ދިރިއުޅުމެއް ނުގަނެވޭނެ"

ލަވައާއި މިއުޒިކްގެ ދުނިޔޭގައި އަހަރަމެން ހައިރާންކޮށްލި އެތަށް އާޓިސްޓުންނެއް އެބަ ތިއްބެވެ. މީގެ ތެރޭގައި ދިވެހިން ހުރިހާ ގޮތަކުން ވެސް އިންސްޕަޔާވާ އާޓިސްޓުންވެސް ހިމެނެ އެވެ. ނަވަރާސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން އޭނާގެ ރާގުތަކުގައި ގިނަ ބަޔަކު މޮޔަ ކޮށްލި އެއް އާޓިސްޓަކީ ބޮބް މާލީއޭ ބުނުމަކުން ދޮގަކަށް ނުވާނެވެ.

މިއަދާ ހަމައަށް އައި އިރުވެސް އަހަރަމެންގެ ހަދާނުން ބޮބް މާލީ ފޮހެވިގެންދާ ވަރެއް ނުވެއެވެ. އުޅުން ކަމުނުދިޔައަސް އޭނާ ދިން ނަސޭހަތްތަކާއި އަހަރަމެންނާ ހަމައަށް ގެނައި މޮޅެތި ބަސްތަކަކީ ވެސް އަހަރަމެން އެއްމެން ވެސް އިންސްޕަޔާ ކޮއްލި ބަސް ތެކެއްކަން ކަށަވަރެވެ. އޭނާ ޕާފޯމް ކުރި ކޮންމެ ލަވައަކުން ވެސް އަހަރަމެން އިންސްޕަޔާ ކޮށްލި އެވެ. މިއަދުގެ ޒުވާނުން މިއަދު ވެސް ފޫހި ކަމެއްނެތި އޭނާގެ ލަވަތަށް ފޮލޯ ކުރުމުގެ ފަހަތުގައިވާ ސިއްރަކީ ވެސް އެއީ އެވެ.

އެ ބަސްތައް އޭނާގެ ދުލުން އިވުން ހުއްޓުނު ކަމުގައިވީ ނަމަވެސް އޭނާގެ ދުލުން އެންމެ ފަހުން ބުނި ބަސްތަކަކީ މިއަދުގެ ޒުވާނުންނަށް އެއިން ގިނަ އިބްރަތް ތަކެއް ލިބޭ ވަރުގެ ބަސްތަކެކެވެ. އެނާގެ ހަޔާތުގެ އެންމެ ފަހުގެ ވަގުތުތައް އޭނާ ހޭދަކުރީ އެނާގެ ދޮށީ ފިރިހެން ދަރިފުޅު ކަމުގައިވާ ޒިގީ މާލޭ އާ އެއްކޮށެވެ. އެވަގުތުތަކުގައި ދަރިފުޅަށް ދިން ނަސޭހަތުގެ ބަސްކޮޅަކީ އަހަރަމެން އެއްމެން ވެސް އެކަމާ ފުންކޮށް ވިސްނާލަން ޖެހޭ ވަރުގެ ބަސްތަކެެވެ.

" ފައިސާއިން ދިރިއުޅުމެއް ނުގަނެވޭނެ" މިއީ ބޮބް މާލޭގެ އެންމެ ފަހުގެ ބަސްތަކެވެ. ކޮންމެއަކަސް މާނަ ފުން ބަސްތަކެކެވެ. ހަގީގަތަކީ ވެސް ފައިސާއިން ދިރިއުޅުމެއް ނުގަނެވޭނެ ކަމެވެ. ބޮބް މާލޭ ބުނާ ގޮތުންނަމަ މޮޅު ގެއެއް ނުވަތަ މޮޅު ކާރެއް އޮތުމަކުން އަދި ތިމާގެ ދިރިއުޅުން ރަނގަޅު ވީއެއް ނޫނެވެ. ލާ ހެދުން ރީތިވެފައި އަގުބޮޑަސް އެއީ އުފާވެރި ރަނގަޅު ދިރިއުޅުމެއްގައި އުޅެވުނީއެއް ނޫނެވެ. ފައިސާއިން ތިމާ ކިތަންްމެ މުއްސަންޖަސް މޮޅެއް ނޫނެވެ. ދިރިއުޅުން ރަނގަޅުވުމަކީ ތިމާ ދެކޭ ގޮތާއި އެހެން މީހުންނާ ދޭތެރޭ ކަން ކުރާ ގޮތް ރަނގަޅު ކުރެވޭނެ ގޮތް ކަމަށް ބޮބް މާލޭ ގަބޫލުކުރެ އެވެ.

މި އީ ޒުވާނުނަށް ރަނގަޅު ނަސޭހަތެކެވެ. އަހަރަމެން މިފަދަ އިންސްޕަޔަރިންގެ ބަސް ތަކުގައި ޖެހެން އެބަޖެހެއެވެ. އަހަރަމެންގެ މިޖީލު ރަނގަޅު ނަމޫނާ ޖީލަކަށް ހަދަން އެބަޖެހެއެވެ. އަންނަން އޮތް ޖީލަށް ފުރިހަމަ ނަމޫނާ އެއް ދައްކާ ދުނިޔެއަކީ އަމާން ، އެކަކު އަނެކަކަށް ލޯބިވާ އަދި ނަފަރަތުގެ ކުލަތަކާއި ރަހަތަށް މި ދުނިޔެއިން ފޮހެލައިގެން އުޅޭ އެކުވެރި އުފާވެރި ބަޔަކަށް ވާން އެބަޖެހެއެވެ. ބޮބް މާލޭ ބުނާހެން "ޕީސް، ލަވް އެންޑް ހެފިނެސް" އިން ފުރިގެންވާ ތަނަކަށް މިތަން ހަދަމާ ހިނގާށެވެ.