ލައިފްސްޓައިލް

ހައިވެގެން ރުޅި އަންނަނީ ކީއްވެކަން އެނގޭތަ؟

ގޭގައި ނުވަތަ އޮފީހުގައި އުޅޭއިރުވެސް މިހެންވެދާނެ އެވެ. ކަމަކަށް ނުވާ ކަހަލަ ކަމެއްގައި ރުޅި ގަދަވެދާނެ އެވެ. އެކަމުގައި ބައެއް ފަހަރު އެކުގައި އުޅޭ މީހަކާ ދިމާލަށް ނުރުހުމުގައި އެއްޗެއް ބުނެވޭ ފަހަރު އާދެ އެވެ. ކުޑައިރުކޮޅެއް ފަހުން އެކަން ވިސްނި އެހާ ރުޅި އަންނަން ޖެހުނު ކަމެއް އަމިއްލަ އަށްވެސް ނުވިސްނެ އެވެ.

ހަގީގަތުގައި އެކަންވަނީ އެއްވެސް ކަހަލަ ތާކުންތާކު ނުޖެހޭ ކަމަށެވެ. އަސްލު އެހެން އެވަނީ ބަނޑުހައިވީމަ އެވެ. މާބޮޑަށް ބަނޑުހައިވީމަ ވިސްނައިގަންނަން އުނދަގޫވެ މޫޑު ގޯސްވަނީ ރުޅި ގަދަވަނީ އެހެންވެ އެވެ. މިކަމަށް އިނގިރޭސި ބަހުން ކިޔަނީ ހެންގްރީ އެވެ.

ހެންގްރީ ނުވަތަ ބަނޑުހައިވެގެން ރުޅިގަދަ ވީމަ ހަށިގަނޑަށް ވަނީ ކިހިނެއް؟

ސިކުނޑިއަކީ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރަން ހަމައެކަނި ގުލްކޯޒް ބޭނުންވާ ގުނަވަނެކެވެ. ސިކުނޑިއަށް އެންމެ ބޭނުންވާ ވަރަށް ލޭގައި ގުލްކޯޒް ނެތްނަމަ އެއީ ފުރާނައަށް ނުރައްކާވަފަ ކަމެއްގެ ގޮތުގައި ސިކުނޑި ނަގައިގަނެ އެވެ. ލޭގައި އެންމެ އެކަށީގެންވާ ވަރަށް ގުލްކޯޒް ނެތިއްޖެނަމަ ނުވަތަ ގުލްކޯޒްގެ ކޮންސެންޓްރޭޝަން މަދުވާން ފަށައިފިނަމަ ބަނޑުހައިވުމުގެ އިތުރަށްވެސް އެހެން ގޮތްގޮތުންވެސް އެކަން އިހުސާސް ކުރެވޭނެ އެވެ. މިއަދު ތިހުރީ ގޭގަ ދޯ އެވެ. ކުދި ކުދި "ސިލީ މިސްޓޭކްސް" އޭ މިކިޔާ މިސްޓޭކްސް ނިކަން ގިނައިން ހެދޭނެ އެވެ. އެހެންވަނީ ފަރުވާ ކުޑަ ވީމައެއް ނޫނެވެ. ސްކޫލް ކުދިންނަށްވެސް މިކަހަލަ މިސްޓޭކްސް ވަރަށް ހެދެ އެވެ. މިކަހަލަ ހުރިހާ ވަގުތެއްގައި ފަރުވާ ކުޑަކަމުން ކަމަށްބުނެ ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާން ޖެހެ އެެވެ. އެހެން އެވަނީ ސިކުނޑީގެ މަސައްކަތް ސްލޯވެ އެންމެ ބަރާބަރަށް ސިކުނޑި މަސައްކަތް ނުކުރާތީ އެެވެ.

އެހެން ވީމަ މާ ގިނައިރު ނުކައި ނުހުންނާށެވެ. ތިއީ އޮފީސް އެކުވެރިންގެ ކައިރީ ރުޅިގަދަ މީހެއްގެ ގޮތުގައި ސިފަވެދާނެ އެވެ. އޭރުން އެކުވެރިކަން ބާއްވަން އެމީހުން ތިބޭނީ ޖެހިލުންވެފަ އެވެ.

ލެއަށް ބޭނުންވާ ގުލްކޯޒް ހުންނަ ކާނާ ބޭނުންކުރުން މުހިންމެވެ. ބަނޑުހައި ހޫނުކަން ފިލުވަން ކޮންމެ ކޮންމެ އެއްޗެއް ކާނެ ކަމެެއް ނެތެެވެ. ކުރާނެ މާބިޑު ފައިދާއެއް ނެތީމަ އެވެ. އެހެން ވީމަ ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް، އަދި ފެޓްސް ލިބޭ ކާނާ ކާށެވެ. އެއިން އެމިނޯ އެސިޑް އަދި ފެޓީ އެސިޑް އުފެދޭ ކާނާތައް އުފެއްދުން މުހިންމެވެ. ހަކުރު ހުންނަ ބާވަތުގެ ކާނާއެއް ކެއުމުން އެމިނޯ އެސިިޑް އަދި ފެޓީ އެސިޑް ލިބި ގުނަވަންތަކާއި ޓިޝޫތަކުގެ މަސައްކަތް ރަނގަަޅަށް ފަށައިގަނެ އެވެ. ލޭގައި ހުންނަ ގުލްކޯޒަކީ އެންމެފަހުން ކޭ ވަގުތުން ފެށިގެން ވަގުތު ހިނގާވަރުން މަދުވަމުންދާ އެއްޗެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

އިމްތިހާނުތައް ހަދަންދާއިރުވެސް ރަނގަޅަށް ކައިގެން ދިއުމަށް އިރުޝާދު ދެނީ މިހެންވެ އެވެ. ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ކުރާނީ ބޭނުންވާ ވަރަށް ގުލްކޯޒް ލިބިގެން ކަމަށްވީމަ އެވެ.

އެއީ ސްޓްރެސް ވެސް ވާ ކަމެއް

ބަނޑުހައިވީމަ ރުޅި ގަދަވަނީ ހަމައެކަނި ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ނުކުރާތީ އެއްވެސް ނޫނެވެ. ވަކިވަރަކަށްވުރެ ބޮޑަށް ގުލްކޯޒް ހުންނަ މިންވަރު ދަށްވުމުން ހަށިގަނޑުގެ ގުނަވަންތަކަށް ސިކުނޑި މެސެޖެއް ފޮނުވާލަ އެވެ. އެއީ ލޭގައި ގުލްކޯޒް ހުންނަ މިންވަރު އިތުރުކުރަން ހޯމޯންތައް ދޫކޮށްލުމަށެވެ.

އޭގެތެރެއިން އެއް ހޯމޯން އަކީ އެޑްރިނާލައިން އެވެ. އެއަކީ ސްޓްރެސް ހޯމޯނެކެވެ. ލޭގެ ތެރެއަށް ލި ހޯމޯން ދުކޮށްލުމުން މީހާ ވަރަށް ބޮޑަށް ސްޓްރެސް ކޮށްލަ އެވެ. މީހާ ހަމަ ރަނގަޅަށްވެސް ހާސްކަމެއްގައި ބަނދެލަ އެވެ. އެހެން ކަމުން ވާނުވާ ނޭނގޭ ގަދަ ރުޅިއެއްގެ ތެރެއަށް ވައްޓާލާ ހާސްކޮށްލަ އެވެ.

އެހެންވީމަ ގިނައިރު ނުކައި އެއްވެސް ވިސްނާލުމެއް ނެތި ބަނޑުހައިކަމުގައި ތިއުޅެނީ މީހާ އަމިއްލައަށް ސީރިއަސް ހާލަތަކަށް ވައްޓާލައިގެންނެވެ. އެއްގޮތަކަށްވެސް ނުކައި ބަނޑުހައި ކަންމަތީ ހުންނާނެ ކަމެއް ނެތެވެ. އެއީ ތިހީކުރާ ވަރަށްވުރެ ނުރައްކާ ކަމަކަށް މިވަނީ ވެފަ އެވެ. ވަރަށް ބޮޑަށް ބަނޑުހައިނުވަނީސް ހަށިގަނޑަށް ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެއް ކެއުން މުހިންމެވެ. ލުއި ކާނާއިންވެސް ލޭގައި ގުލްކޯޒް ހުންނަ މިންވަރު އިތުރުކޮށްދޭނެ އެވެ. ނަމަވެސް އެއީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ.

އެންމެ މުހިންމީ ހެނދުނުގެ ސައި

ހެނދުނު ހޭލައިގެން އޮފީހާ ދިމާއަށް ދުއްވައިގަންނަނީ ގަޑި ޖެހިއްޖެނަމަ ބޮޑު މީހާގެ ނުރުހުމާއި ކުރިމަތިލާން ޖެހުމަށްވުރެ ބޮޑަށް ގަޑި ޖެހިއްޖެ ނަމަ މުސާރައިން އެބައި ކަނޑާނެތީ އެވެ. ހެނދުނު ސައި ނުބޮއެ ދުވަހުގެ މަސައްކަތް އެހެން ފެށުމުން ހަށިގަނޑަށް މުހިންމު މާއްދާއެއް މަދުވާކަން އިހުސާސް ކުރެވެނީ މަދު މީހަކަށެވެ.

ހާސްކަމާ އެކު ދުވަސް ފަށައިގަނެގެން ހނދުނުގެ ސައި ބޮވޭއިރު ގިނަ ފަހަރަށް ހުންނަނީ ދުވާހުގެ އެއް ދަން ފާއިތުވެ ގޮސްފަ އެވެ. އެންމެ ރަނގަޅީ ހޭލާތާ ގަޑިއިރެއްގެ ތެރޭގައި ހެނދުނު ރަނގަޅަށް ސައި ބުއިމެވެ. ހެނދުނަށް ެންމެ ރަނގަޅީ ކާބޯހައިޑްރޭޓާއި ޕްރޮޓީން އަދި ފެޓް ލިބޭ ކާނާ ބޭނުންކުރުމުމެވެ. ހެނދުނު މާފޮނި ކާއެއްޗެހި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އަދި ތައްޔާރީ ކާނާ ބޭނުންކުރުންވެސްމެ އެވެ.

އެންމެ ފުރިހަމަ ދުވަހަކަށް ހަމަ އެންމެ ރަނގަޅީ މާބޮޑަށް ބަނޑުހައިވުމުގެ ކުރިން ކެއުމެވެ. ދުވަސް އުފާވެރިވެފައި ދުޅަހެޔޮވެސް ވީ އެވެ.