ޔުނިވާސަލް އިން ހިންގާ ކުރަމަތި ރިސޯޓުން އާ ވިލާތަކެއް ތައާރަފުކޮށްފި އެވެ.
ޓީޓީޖީ ނިއުސްގައިވާ ގޮތުން ކުރަމަތި ރިސޯޓުން ތައާރަފުކުރި އާ ވިލާތަކުގައި ހިމެނެނީ ދެ ކޮޓަރީގެ ބީޗް ހައުސް އާއި ޑުލެކްސް ވޯޓާ ވިލާގެ އިތުރުން ސަން ސެޓްޕޫލް ވިލާ އެވެ. މީގެތެރެއިން ކޮންމެ ތަނެއްގައި ވެސް ޕްރައިވެޓް ސުވިމިން ޕޫލް ހިމެނެ އެވެ.
ކުރަމަތި ރިސޯޓުގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑިވްލޮޕްމަންޓް އަސްމާ ރަޝީދު ވިދާޅުވީ އަލަށް އިތުރުވި ކޮޓަރިތަކުގެ ސަބަބުން އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ އާއިލާތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ. އަދި އަލަށް ތައާރަފުކުރި ވިލާތަކާއެކު އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ހާއްސަ މާހައުލެއް އޮންނާނެ ކަމަށެވެ.
ކުރަމަތި ރިސޯޓަކީ އަރިއަތޮޅުގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓު ހިންގަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލް އިންނެވެ.