ރައްޔިތުންގެ މަޖިލިސް

ނޮން ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރާ ހަތަރު ނަން ކޮމިޓީއަށް

Jun 7, 2016

ރާއްޖެއިން ހަތަރު ގައުމަކަށް އައްޔަން ކުރާ ނޮން-ރެސިޑެންޓް ސަފީރުން މައްސަލަ ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީއަށް ފޮނުވީ ހަތަރު ގައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންގެ ދެ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެވެ. އޭގައި ހިމެނެނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށާއި ކެނެޑާއަށް ރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށެވެ.

އެ ދެ ނަންފުޅަކީ ގދ. ގައްދޫ ބެންހާގެ، ޑރ.އަލީ ނަސީރު މުހައްމަދާއި ގ. ސަމަންތާ، އަހުމަދު ޝިއާން އެވެ. އަލީ ނަސީރު އެމެރިކާގައި ހުންނަ ރާއްޖޭގެ ސަފީރު ކަމަށާއި ކެނެޑާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށެވެ. ޝިޔާން، ނެދަލެންޑްސް އާއި ލަގްޒަމްބާގަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށެވެ.