މޯލްޑިވްސް ކަސްޓަމްސް ސާވިސް

މޭ މަހު ރާއްޖެ އެތެރެކުރީ 3.3 ބިލިއަން ރުފިޔާގެ މުދާ

Jun 14, 2016
  • މޭ މަހުގެ އިމްޕޯޓު 32 ޕަސެންޓް އިތުރު
  • އެކްސްޕޯޓް މިންވަރު ހަ ޕަސެންޓް އިތުރު
  • އިމްޕޯޓުގެ 18 ޕަސެންޓަކީ ބްރިޖް ސަމާނު

މިދިއަ މޭ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު މި ދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 32 ޕަސެންޓް އިތުރުވެފައިވާ ކަސްޓަމްސް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި ދިޔަ އަހަރުގެ މޭ މަހު ރާއްޖެއަށް އެތެރެކުރީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ މެއި މަހު މި އަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި ދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވުމުގައި، މާލެ/ހުޅުލެ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނުގެ އަގު، އޭގެ ބޮޑު ބައެއް ހިއްސާކުރެ އެވެ. މިގޮތުން، މިދިއަ މޭ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ 18 ޕަސެންޓް ޙިއްޞާކުރަނީ އެ މަޝްރޫޢުއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ހުސްވި މެއި މަހު 15 ޕަސެންޓް އިތުރުވެފައެވެ. މިދިއަ މެއި މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 187.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ މެއި މަހު ލިބިފައިވަނީ 162.6 މިލިއަން ރުފިޔާއެވެ.

ފާއިތުވި މެއި މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރުވެސް ވަނީ ހަ ޕަސެންޓް މައްޗަށް ގޮސްފައެވެ. މި އަހަރުގެ މެއި މަހު 393.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.