އިނގިރޭސިވިލާތް

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ހުސްވި ގޮނޑި ރޮޒޭނާއަށް

Jun 18, 2016
2

ޕާކިސްތާނަށް އުފަން މެކޭނިކެއްގެ ދަރިއެއްކަމުގައިވާ، ރޮޒައިނާ އެލީން ޚާނަށް އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް (ޤާނޫނު ހަދާ މަޖިލިސް) ގެ ގޮނޑިއެއް ލިބިވަޑައިގެންފި އެވެ.

ރޮޒައިނާ ކާމިޔާބު ކުރެއްވި ގޮނޑިއަކީ، ލޭބަ ޕާޓީގެ މެންބަރު ޞާދިޤު ޚާން ލަންޑަނުގެ މޭޔަރުކަމަށް ހޮވިވަޑައިގަތުމުން ހުސްވި ގޮނޑިއެވެ. އިންތިޚާބުގައި ރޮޒައިނާއަށް 17800 ވޯޓު ލިބިވަޑައިގެންނެވިއިރު، ރޮޒައިނާއާ ވާދަ ކުރެއްވި ކޮންޒެވެޓިވްޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 11500 ވޯޓެވެ.

އެ ގޮނޑިއަކީ 2005 ވަނަ އަހަރުން ފެށިގެން ޞާދިޤް ޚާން ފުރުއްވަމުން ގެންދެވި ގޮނޑިއެވެ.

ރޮޒޭނާގެ ބައްޕައަކީ ޕާކިސްތާން ޢާއިލާއެއްގެ މީހެކެވެ. އޭނާއަކީ ޓީވީ މެކޭނިކެކެވެ. މަންމައަކީ ޕެޓްރޯލް ސްޓޭޝަނެއްގައި މަސައްކަތް ކުރާ އަންހެނެކެވެ.

ރޮޒައިނާ ވިދާޅުވިގޮތުގައި އެކަމަނާއަށް އެ ގޮނޑި ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެކެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށްފަހު ކާމިޔާބު ލިބިވަޑައިގަންނަވާ ބޭފުޅުން ކާމިޔާބީގެ ޚިޠާބެއް ދެއްވާކަމަށްވިޔަސް ރޮޒައިނާ ކާމިޔާބީގެ ޚިޠާބެއް ނުދެއްވައެވެ. އެއީ މިދިޔަ ހަފުތާގައި ލޭބަޕާޓީގެ ޕާލަމެންޓް މެންބަރު ޖޯ ކޮކްސް އަވަހާރަކޮށްލުމުގެ ހިތާމައިގައެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ކޮކްސް އަކީ މުހިއްމު މަސައްކަތްތަކެއް ކުރެއްވި މުރާލި ބޭކަނބަލެކެވެ. އަދި އެކަމަނާ އަވަހާރަކޮށްލުމުން ވަރަށް ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.