ޓޫރިޒަމް

ރާއްޖެ އިޝްތިހާރު ކުރަން ހަ ގައުމެއްގައި ޕީއާރް ކުންފުނިތައް ހަމަޖައްސައިފި

Jun 28, 2016
  • ޕީއާރް ހަމަޖެއްސީ މުހިންމު ގައުމުތަކުގައި
  • ހަ ގައުމެއްގައި ޕީއާރް ހަމަޖެއްސި
  • މީގެ ފައިދާ ބޮޑުވާނެ، ހަރަކާތް ހިނގާނެ

ރާއްޖޭގެ އެންމެ މުހިންމު މާކެޓުތަކަށް ހާއްސަކޮށްގެން، ޓޫރިޒަމް އިޝްތިހާރު ކުރުމަށް ހަ ގައުމެއްގައި ޕީއާރް ކުންފުނިތައް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ޕީއާރް ކުންފުނިތައް ނުވަތަ އެޖެންސީތައް ހަމަޖެއްސި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި ޖަރުމަނުވިލާތް އަދި އިންޑިއާގެ އިތުރުން ފްރާންސޭސިވިލާތާއި އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާ އެވެ. މި ގޮތުން މި ޕީއާރް ކުންފުނިތައް ހަމަޖައްސާފައިވަނި އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ޕީއާރު ކުންފުނިތައް

  • ޗައިނާ: ޓްރެވަލް ލިންކް މާކެޓިން
  • ޖަރުމަނުވިލާތް: ކުއެސް މީޑިޔާ ސާވިސަސް
  • އިނގިރޭސިވިލާތް: މެކްކްލުސްކީ އިންޓަނޭޝަނަލް
  • ފްރާންސް: އިންޓަފޭސް ޓޫރިޒަމް ފްރާންސް
  • އިންޑިޔާ: ތިންކް ސްޓޯބެރީޒް
  • ކޮރެއާ: މާކެޓިން އެންޑް ކޮމިއުނިކޭޝަން

އެމްއެމްޕީއާރްސީން ބުނީ މި ޕީއާރް އެޖެންސީތައް ނުވަތަ ކުންފުނިތަކުގެ ސަބަބުން އެމްއެމްޕީއާރްސީގެ މުވައްޒަފަކު ނެތް ނަމަވެސް ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މި ކުންފުނިތައް ނެގުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް އެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމަށް ޕީއާރު ކުންފުނިތަކެއް ހަމަޖެއްސިއިރު، މި އަހަރަކީ ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރެވެ. އަދި "ވިޒިޓް މޯލްޑިވްސް އިޔާ" ފާހަގަ ކުރުމަށް އެމްއެމްޕީއާރްސީން ވަނީ ހަރަކާތްތަކެއް ހިންގުމަށް ރާވާފަ އެވެ.