ފޯނު އުފެއްދުމަށް މަޝްހޫރު "ހުވާއޭ" ކުންފުނިން އުފެއްދި ފޮޓޯގްރަފީއަށް ހާއްސަ ފޯނު އުރީދޫން ރޭ ބާޒާރަށް ނެރެފި އެވެ.
އުރީދޫން ވަނީ މި ފޯނު ބާޒާރަށް ނެރުމާ ދިމާކޮށް ހާއްސަ އަގުތަކެއް ހަމަޖައްސާފަ އެވެ. މިގޮތުން އެ ކުންފުނީގެ މޮބައިލް ނެޓްވޯކުގެ ހިދުމަތައް އަލަށް ގުޅޭ ފަރާތްތަކަށް ހާއްސަ ޕޯސްޓްޕެއިޑް އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން މަހު ފީގެ ގޮތުގައި 495ރ. ދައްކާލައިގެން މި ފޯނު ލިބޭނެ އެވެ. މީގެ އިތުރުން މި ޕެކޭޖުގައި ހިލޭ ކޯލާއި ހިލޭ އެސްއެމްއެސް އަދި ޑޭޓާ ވެސް ހިމެނެ އެވެ.
އުރީދޫ ފިހާރާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ހުއާވޭގެ "ޕީ 9 " އާއި "ޕީ9 ލައިޓް" އެވެ. މީގެ ތެރޭގައި ހިމެނޭ ހުވާއޭ ޕީ9 އަކީ ފޮޓޯނެގުމަށް ހާއްސަކޮށްގެން ހާއްސަ ސިފަތައް އެކުލެވޭ ފޯނެކެވެ. މި ފޯނުގައި ފައްކާކޮށްފައިވާ ފޮޓޯގްރަފީގެ ކަންކަމަށް ފަންނީ އެހީތެރިކަން ދީފައިވަނީ ކެމެރާ އުފެއްދުމަށް ދުނިޔޭގައި އެންމެ މަޝްހޫރު ލިސާ ކުންފުނިންނެވެ. މީގެ އިތުރުން މި ފޯނުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި އެހެން ފޯނުތަކާ ހިލާފަށް މި ފޯނުގައި ދެ ކެމެރާއެއް ހުރެ އެވެ. ފޯނުގައި ހިމެނޭ "މައިކްރޯކްރޯމް"ގެ ސަބަބުން ފޯނުން ނަގާ ފޮޓޯތަކުގެ ކުލަތަކާއި ފޮޓޯގެ ފެންވަރު އާދަޔާ ހިލާފަށް މޮޅުކޮށްދެ އެވެ. އަދި މިއީ އާއްމުކޮށް ބާޒާރުގައި ލިބެން ހުރި "މަޝްހޫރު ފޯނު" ތަކާ ހިލާފަށް ތުނި ފޯނެކެވެ. ފޯނުގައި ހުންނަނީ 6.9 މިލިމީޓަރެވެ.
އުރީދޫން ވަނީ މި ފޯނު ބާޒާރަށް ނެރުމާ ދިމާކޮށް ހާއްސަ އަގުތަކެއް ހަމަޖައްސާފަ އެވެ. މިގޮތުން އެ ކުންފުނީގެ މޮބައިލް ނެޓްވޯކުގެ ހިދުމަތައް އަލަށް ގުޅޭ ފަރާތްތަކަށް ހާއްސަ ޕޯސްޓްޕެއިޑް އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. މިގޮތުން މަހުފީގެ ގޮތުގައި 495ރ. ދައްކާލައިގެން މި ފޯނު ލިބޭނެ އެވެ. މީގެ އިތުރުން މި ޕެކޭޖުގައި ހިލޭ ކޯލާއި ހިލޭ އެސްއެމްއެސް އަދި ޑޭޓާ ވެސް ހިމެނެ އެވެ.
ހުވާއޭ އިން ދެން ބާޒާރަށް ނެރެފައިވާ "ޕީ 9 ލައިޓް" ފޯނަށް ހާއްސަ ޕްލޭންގެ ދަށުން ހަ މަސް ދުވަހުން ފައިސާ ދައްކާ ގޮތަށް 1،499ރ. ގެ ޑައުންޓް ޕޭމަންޓެއް ދައްކާލައިގެން ފޯނު ލިބެ އެވެ. މީގެ އިތުރުން ހުވާއޭ ޕީ 9ގެ ފޯނެއް އަހަރު ދުވަހުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް 2،499ރ. ގެ ޑައުން ޕޭމަންޓެއް ދެއްކުމުން ލިބެ އެވެ. މީގެ އިތުރުން ހިލޭ ކޯލްވެސް ޕެކޭޖުތަކުގައި ހިމެނެ އެވެ.
އުރީދޫން "ހުވާއޭ 9 ޕީ ލައިޓް" ފޯނު އެއް ފަހަރާ ފައިސާ ދައްކާ ގޮތަށް ވިއްކަނީ 3،799ރ. އަށެވެ. އަދި "ހުވާއޭ ޕީ9" ގެ ފޯނެއް ވިއްކަނީ 7،599ރ. އަށެވެ.