މަސްތުވާތަކެތި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Jul 2, 2016

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ވ. ކެޔޮދޫން ކަމަށާއި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 262 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އިއްޔެ 3:45 އެހަކަންހާއިރު، ކެޔޮދޫގައި ހިންގި އޮޕަރޭޝަނެއްގައި މާލެއިން ކެޔޮދޫއަށް ދިޔަ ސަޕްލައި ދޯންޔެއްގައި ހުއްޓާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް ފެނިގެނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މީހާގެ އަތުން ފެނުނީ ވ. އަތޮޅުގެ ރަށަކުން މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ މަސްތުވާތަކެއްޗެވެ.