މަސްތުވާތަކެތި

ގިނަ އަދަދެއްގެ ބިޔަރާއެކު ހަތަރު ކުދިންނާއި ފަސް މީހުން ހައްޔަރުކޮށްފި

Jul 7, 2016

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު 11 މީހަކު ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ. މުޅިން ވެސް ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ އެންމެން ހައްޔަރު ކުރީ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ހުޅަނގުފަރާތު ފަޅުތެރޭގައި ދަތުރަކަށް ތައްޔާރުކޮށްފައިއޮތް ދޯންޏެއްގެ ތެރެއިން ކަމަށެވެ.

ބަނގުރާފުޅިތަކާއި ބިޔަރު ދަޅުތައް ފެނިފައިވަނީ އެމީހުން ތިބި ދޯނި ބަލައިފާސްކުރިއިރު އިރުއެވެ. މި ދޯނި ބަލައިފާސްކުރިއިރު ދޯނީގެ ވަތުތެރެއިން ހަތަރު ބަނގުރާފުޅިއާއި 48 ދަޅު ބިޔަރު ފެނިފައިވެއެވެ.