ދީން

ޔުނެސްކޯ: އިސްލާމް ދީނަކީ އެންމެ ސުލްހަވެރި ދީން

Jul 9, 2016
2
އިއްޔެ ފާހަގަ ކުރި އީދުގެ މުނާސަބަތަށް ފަހު ބައެއް މުސްލިމުން ސަލާމް ކުރަނީ --- ފޮޓޯ: އޭޕީ
0%
0%
0%

ދުނިޔޭގައި އިންސާނުން ގަބޫލު ކުރާ ދީންތަކުގެ ތެރެއިން އެންމެ ސުލްހަވެރި ދީނަކީ އިސްލާމް ދީންކަމަށް އދ. ގެ ތައުލީމާއި ސައިންސާއި ސަގާފަތާ ބެހޭ އިދާރާ. ޔުނެސްކޯ އިން ކަނޑައަޅައިފި އެވެ.

ޔުނެސްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ އިންޓަނޭޝަނަލް ޕީސް ފައުންޑޭޝަނުން ހުރިހާ ދީންތަކެއް ދިރާސާ ކުރުމުން އެންމެ ސުލްހަވެރި މަގަށް ގޮވަލާ ދީނަކީ އިސްލާމް ދީންކަމަށް ހާމަވާ ކަމަށެވެ.

މިދިރާސާ ހެދުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުޏްނެވެ.

މީގެ އިތުރުން އެ ފައުންޑޭޝަންގެ ކޮމްޕަރޭޓިވް ސްޓަޑީޒްގެ ހެޑް ރޮބަޓް މެކްގީ މިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސެއްގައި، ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އެކި ގައުމުތަކަށް ދެމުންގެންދާ ހަމަލާތަކާ، އިސްލާމް ދީނާ އެއްވެސް ހައިސިއްޔަތަކުން ސީދާ ގުޅުމެއް ނެތް ކަމަށެވެ.

އިސްލާމް ދީނަކީ އެންމެ ސުލްހަވެރި ީންކަމަށް ކަނޑައަލާއި ޔުނެސްކޯއިން ދިން ސެެޓްފިކެޓްގެ ކޮޕީއެއް ----

"އެއްވެސް ދީނެއްގައި ޓެރަރިޒަމަށް ހިތްވަރު ނުދޭ. އަނެއްކާ 'އިސްލާމް' ގެ މާނައަކީ ވެސް ސުލްހަ،" މެކްގީ ވިދާޅުވި އެވެ.

އިސްލާމް ދީނަކީ ސުލްހަވެރި ދީންކަމަށް ޔުނެސްކޯއިން ކަނޑައެޅި ކަމުގެ ސްޓްފިކެޓް އިސްލާމީ ބައެއް އެންޖީއޯތަކާ ވަނީ ހަވާލުކޮށްފަ އެވެ.

އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ "ޖަންޓާ ކަ ރިޕޯޓާ" ގެ އެޑިޓަރު މޮފާތު ޖަވީދު ވިދާޅުވީ ޔުނެސްކޯގެ ނިންމުމުގެ ސަބަބުން، ހުޅނގުގެ ކަނާތުފިޔައިގެ ޕާޓީތަކުން މުސްލިމުންނާ ދެކޮޅަށް ހަރަކާތްތައް ހިންގުން ހުއްޓާލާނެ ކަމަށެވެ.

މީޑިއާގައި ވާހަކަ ދެއްކެވި ބައެއް އިސްލާމީ އިލްމުވެރިން ވިދާޅުވީ، ޔުނެސްކޯގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި، ޔުނެސްކޯ އެގޮތަށް ނިންމިޔަސް ނުވަތަ ނުނިންމި ނަމަވެސް އިސްލާމް ދީނަކީ އެންމެ ސުލްހަވެރި ނިޒާމު ކަމާމެދު އިތުރު ދިރާސާއެއް ބޭނުން ނުވާ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910