ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސް ތަރައްގީ ކުރަން މުލީން ބިން ދޫކުރަނީ

މ. އަތޮޅު މުލީގައި ގެސްޓް ހައުސްއެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރަން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މުލީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބޯޅަދަނޑުގެ ހުޅަނގު އުތުރު ކަންމަތިން ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް 4000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހު ގެ ކުރިން ކައުންސިލަށް ހާޒިރުވާން އެދޭ ކަމަށެވެ.

މުލީ ކައުންސިލުން ބުނީ ގެސްޓް ހައުސް ތަރައްގީ ކުރުމަށް މިދިޔަ މޭ މަހު ކުރި އިއުލާނަށް އެކަށީގެންވާ ތަހުރީބެއް ނުލިބޭ ކަމަށާއި އެހެންކަމުން އެއިއުލާން ބާތިލް ކުރާ ކަމަށެވެ.