ތޮއްޑޫ

ތޮއްޑޫ މާކެޓް ކުރަން ހާއްސަ ބްރޭންޑެއް

އއ. ތޮއްޑޫ: ތޮއްޑޫ މާކެޓް ކުރުމަށް ކޯ ބްރޭޑެއް ތައާރަފް ކޮށްފި---
0%
0%
0%

އއ. ތޮއްޑޫ މާކެޓްކޮށް އިޝްތިހާރު ކުރުމަށްޓަކައި ތޮއްޑޫ ކައުންސިލުން ރަށުގެ ކޯ ބްރޭންޑިން ލޯންކޮށްފި އެވެ.

މި ބްރޭންޑް ލޯންޗް ކުރީ ޓޫރިޒަމް ދުވަހާ ގުޅިގެން ތޮއްޑޫގެ ގެސްޓްހައުސްތަކުގެ ވެރިންނަށް ހާއްސަކޮށްގެން ތޮއްޑޫ ކައުންސިލުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ތޮއްޑޫގެ އެންމެ ގިނަ ދުވަސްވީ ގެސްޓްހައުސް، ސެރީންސައި މޯލްޑިވްސްގެ ތިން ހިއްސާދާރުން ކަމުގައިވާ އާދަމް މަޖީދު، އިބްރާހިމް ޝާނީޒް އަދި ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ބައިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަރަމް ވިދާޅުވި ގޮތުގައި ބްރޭންޑެއް ތައާރަފް ކުރުމުގެ މަގުސަދަކީ ތޮއްޑޫ އަކީ މިހާރުވެސް ރާއްޖެއާއި އަދި ރާއްޖޭން ބޭރުގެ ވަރަށް ގިނަ ސަރަހަދުތަކަށް މަޝްހޫރު "ބްރޭންޑް" އެއް ކަމަށް ވާތީ އެވެ.

ތޮއްޑޫގެ ކޯ ބްރޭންޑިންގެ ލޯގޯ---

ރަސްމީކޮށް ކޯ ބްރޭންޑިން އެއް ތައާރަފް ކޮށް ގަނޑުކޮށް ރަށުގެ ހުރިހާ ވިޔަފާރިތަކާއި އަދި މުއައްސަސާ ތަކުންވެސް މި ބްރޭންޑް ބޭނުން ކުރުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ރަށް މާކެޓްކޮށް އިޝްތިހާރުކުމުގައި ވާދަވެރިންނާއި ފައިހަމަކުރަން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އއ. ތޮއްޑޫގައި މިހާރު ޖުމްލަ 43 ގެސްޓްހައުސްގައި 279 ގެސްޓް ރޫމް އާއިއެކު 558 ޓޫރިސްޓް ބެޑް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރެވި ހިންގަމުން ދެއެވެ. އަދި މިހާރު އިމާރާތްކުރަމުން އަންނަ 24 ގެސްޓްހައުސް ކުރިއަށް އޮތް އަށް މަސް ދުވަހު ތެރޭގައި ނިމޭނެ ކަމަވެސްށް ކައުންސިލުން ބުނެ އެވެ. އޭރުން އިތުރު 250 ގެސްޓް ރޫމް އިތުރުވެގެންދާނެ އެވެ. މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ގެސްޓްހައުސް މިވަގުތު ހިންގަމުން އަންނީ ވެސް ތޮއްޑޫގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910