ޓޫރިޒަމް

މިދިޔަ މަހު ދެ ލައްކަ ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ފޮޓޯ؛ އަހުމަދު އަޒާން | އަވަސް
0%
0%
0%

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 11.1 ޕަސެންޓް ކުރިއެރުމެކެވެ.

ރާއްޖެއަށް މިދިޔަ ޖެނުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ 29 ގެ ނިޔަލަށް ޗައިނާގެ 31،388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 15.7 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 31،388 ފަތުރުވެރިން
  • ރަޝިއާ - 20،902 ފަތުރުވެރިން
  • އިޓަލީ - 19،042 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 17،714 ފަތުރުވެރިން
  • ޖަރުމަނު - 11،697 ފަތުރުވެރިން
  • އިންޑިއާ - 9،550 ފަތުރުވެރިން
  • ފްރާންސް - 6،845 ފަތުރުވެރިން
  • އެމެރިކާ - 6،168 ފަތުރުވެރިން
  • ޕޮލެންޑް - 4،272 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 3،536 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.7 ޕަސެންޓް -- 134،714 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.5 ޕަސެންޓް -- 50،864 ފަތުރުވެރިންނެވެ.

ޓޫރިސްޓް ހޮޓާތަކުގައި 4،907 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 4،613 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 177 ރިސޯޓާއި 793 ގެސްޓްހައުސް އާއި 154 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910