ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ގަދަ 10 އަށް ދެކުނު ކޮރެއާ އަރައިފި އެވެ.
ދެކުނު ކޮރެއާއަކީ މިދިޔަ އަހަރު 11 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދެކުނު ކޮރެއާއިން 3،117 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް ޖުމްލަ 169،424 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 152،811 ފަތުރުވެރިންނާ އަޅާބަލާއިރު 10.9 ޕަސެންޓް އިތުރުވުމެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 23،186 ފަތުރުވެރިން
- ރަޝިއާ - 18،651 ފަތުރުވެރިން
- އިޓަލީ - 16،614 ފަތުރުވެރިން
- އިނގިރޭސިވިލާތް - 15،030 ފަތުރުވެރިން
- ޖަރުމަނު - 9،931 ފަތުރުވެރިން
- އިންޑިއާ - 8،241 ފަތުރުވެރިން
- ފްރާންސް - 5،645 ފަތުރުވެރިން
- އެމެރިކާ - 5،379 ފަތުރުވެރިން
- ޕޮލެންޑް - 3،579 ފަތުރުވެރިން
- ދެކުނު ކޮރެއާ - 3،117 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.2 ޕަސެންޓް -- 117،307 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 25.8 ޕަސެންޓް -- 43،775 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
މީގެ އިތުރުން ހޮޓާތަކުގައި 4،198 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 4،079 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.