ރާއްޖެއަށް މިމަހުގެ ފުރަތަމަ ދެ ދުވަހު އެކަނިވެސް 18،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ 41 ޕަސެންޓް ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް 18،593 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 214،864 ފަތުރުވެރިންނާއެކު މިއަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 233،457 އަށް އަރާފަ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 205،570 ފަތުރުވެރިންނަށްވުރެ 13.6 ޕަސެންޓް ކުރިއެރުމެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 39،887 ފަތުރުވެރިން
- ރަޝިއާ - 23،512 ފަތުރުވެރިން
- އިޓަލީ - 22،162 ފަތުރުވެރިން
- އިނގިރޭސިވިލާތް - 20،577 ފަތުރުވެރިން
- ޖަރުމަނު - 13،653 ފަތުރުވެރިން
- އިންޑިއާ - 10،832 ފަތުރުވެރިން
- ފްރާންސް - 7،911 ފަތުރުވެރިން
- އެމެރިކާ - 7،002 ފަތުރުވެރިން
- ޕޮލެންޑް - 4،998 ފަތުރުވެރިން
- އޮސްޓްރިއާ - 4،171 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.9 ޕަސެންޓް -- 163،190 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.2 ޕަސެންޓް -- 58،817 ފަތުރުވެރިންނެވެ.
ޓޫރިސްޓް ހޮޓާތަކުގައި 5،884 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 5،479 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 171 ރިސޯޓާއި 793 ގެސްޓްހައުސް އާއި 154 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.