މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 632،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗް މަސް ނިމުނުއިރު ރާއްޖެއަށް ޖުމްލަ 632،418 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 604،004 ފަތުރުވެރިންނަށްވުރެ 28،414 ފަތުރުވެރިން -- 4.7 ޕަސެންޓް އިތުރުވުމެކެވެ.
މި އަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މަހުން މަހަށް
- ޖެނުއަރީ - 214،863 ފަތުރުވެރިން
- ފެބްރުއަރީ - 214،091 ފަތުރުވެރިން
- މާޗް - 203،464 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 73،997 ފަތުރުވެރިން
- ރަޝިއާ - 66،933 ފަތުރުވެރިން
- އިނގިރޭސިވިލާތް - 65،404 ފަތުރުވެރިން
- އިޓަލީ - 57،955 ފަތުރުވެރިން
- ޖަރުމަނު - 44،266 ފަތުރުވެރިން
- އިންޑިއާ - 32،090 ފަތުރުވެރިން
- ފްރާންސް - 25،518 ފަތުރުވެރިން
- އެމެރިކާ - 20،497 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 13،497 ފަތުރުވެރިން
- ޕޮލެންޑް - 13،240 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.2 ޕަސެންޓް -- 437،942 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.3 ޕަސެންޓް -- 159،695 ފަތުރުވެރިންނެވެ.
ހޮޓާތަކުގައި 18،404 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 15،933 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 445 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 838 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.