ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 11 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 279،915 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 251،503 ފަތުރުވެރިންނަށްވުރެ 28،412 ފަތުރުވެރިން -- 11.3 ޕަސެންޓް އިތުރުވުމެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 48،571 ފަތުރުވެރިން
- ރަޝިއާ - 27،126 ފަތުރުވެރިން
- އިނގިރޭސިވިލާތް - 25،523 ފަތުރުވެރިން
- އިޓަލީ - 25،461 ފަތުރުވެރިން
- ޖަރުމަނު - 16،449 ފަތުރުވެރިން
- އިންޑިއާ - 13،051 ފަތުރުވެރިން
- ފްރާންސް - 9،641 ފަތުރުވެރިން
- އެމެރިކާ - 8،397 ފަތުރުވެރިން
- ޕޮލެންޑް - 6،323 ފަތުރުވެރިން
- އޮސްޓްރިއާ - 5،187 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.3 ޕަސެންޓް -- 194،000 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.7 ޕަސެންޓް -- 71،912 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 793 ގެސްޓްހައުސް އާއި 154 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.