މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަނަލް އޮފިސަރުންގެ ވަޒީފާއަށް ހުޅުވާލައިފި

Jul 12, 2016
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކަރެކްޝަނަލް އޮފިސަރުންގެ ވަޒީފާއަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިހާނުގައި "ދިވެހި އަދި އިސްލާމް" އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހައެއްގެ ސަނަދެއް ހާސިލުކޮށްފައިވާންޖެހޭ ކަމަށާއި ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވާން ޖެހޭނެ ކަމަށެވެ.

އަދި އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހަށް މީލާދީގޮތުން 18 އަހަރު ފުރި، 35 އަހަރު ނުވާ މީހެއް ކަމުގައިވާންޖެހޭ ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

އަދި އެ އިއުލާންގައިވަނީ، މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހަތަރެއް އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހުށަހެޅުމެވެ.