ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މާދަމާ ރޭ، ޔާމީން ބައިވެރިވެވަޑައިގަންނަވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މިޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ.

ޕީއެންއެފްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގެންދަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީން ގެންދަވަނީ ގޭބަންދުގައި ހުންނަވައިގެން ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާތީ ޔާމީން ޖަލްސާއަށް ވަޑައިގަންނަވަނީތޯ ނުވަތަ ވާޗުއަލްކޮށް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީތޯ ނޫސްވެރިން ސުވާލުކުރުމުން އެ ސުވާލަށް މަލީހް ޖަވާބު ދެއްވާފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރައީސް ޔާމީނަކީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ މާދަމާ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ޔާމީނަށް ދީފައި ނުވާނެ ކަމަށެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައެވެ.

ޕީއެންއެފްއަށް 3،000 މީހުން ހަމަކޮށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910