ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއި ދިނުމަށް އެކުލަވާލާފައިވާ ގަރާރާ ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބަލައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ޔާމީންގެ ޖަލު ހުކުމަށް ބޮޑެތި ލުއިތަކެއް ދީފައިވަނީ ބައެއް ކަންކަން ނުކުރެވޭ ގޮތަށެވެ. މީގެތެރޭގައި ސިޔާސީ ކަންކަމުގައި ބައިވެރިވެ އެފަދަ ޖަލްސާތައް ނުބޭއްވުމާ ވާހަކަ ނުދެއްކުން ހިމެނޭ ކަމަށްވެ އެވެ.
ޔާމީން ގެއަށް ބަދަލުކުރި ފަހުން މީގެކުރިންވެސް އެމަނިކުފާނު ކުރިން ހުންނެވި ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާ ބާއްވައި އެ ޖަލްސާގައި ވާހަކަ ދެއްކެވުމުން ކަރެކްޝަނުން އޭރުވެސް އިންޒާރު ދީފަ އެވެ.
ސިޔާސީ ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ކަމަށް މިފަހަރު ބަލަން ފަށާފައި މިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތް ފައްޓަވައި، އެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ރޭގެ ވަގުތެއްގައި ވަނީ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އާ ޕާޓީއަށް މީހުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެމަނިކުފާ ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ. އަދި ޖަލު ހުކުމަށް ލުއި ދިނީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ.
މ