އެމްއެންޑީއެފް

ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަން އިންޑިއާގެ މަނަވަރެއް އަތުވެއްޖެ

Jul 13, 2016

އިންޑިއާ އަސްކަރީ މަނަވަރު "އައިއެންއެސް ސުނޭނާ" މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ. އައިއެންއެސް ސުނޭނާ ރާއްޖެއަށް ކުރި ދަތުރަކީ ރާއްޖޭގެ އިގްތިސާދީ ކަނޑުުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރުމަށް ކުރި ދަތުރެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސާވިސް ޕެޓްރޯލަކީ، ރާއްޖޭގެ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގާ ޕެޓްރޯލެކެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުގައި ގާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާނެ އެވެ.

ސުނޭނާ ރާއްޖެއަށް ކުރި ދަތުރު ނިންމާލުމަށްފަހު ފުރާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.