ކުރީގެ ފުޓްބޯޅަ ކުޅުންެތެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، ފުޓްބޯޅަ ކުޅެން އުފެއްދި ޖަމިއްލާ މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސަކަށް ކާމިނީޕޫލް ހަސަން މަނިކު ހޮވައިފި އެވެ.
ރޭ އެފްއޭއެމް ހައުސްގައި ބޭއްވި އެޖަމިއްޔާގެ ފުރަތަމަ ކޮންގްރެސްގައި ރައީސް ކަމަށް ހޮވި ހަސަން މަނިކަކީ ގިނަ ދުވަސްތަކެއް ވަންދެން ނިއުރޭޑިއަންޓު ހިންގެވުމުގައި އުޅުއްވި އެކުލަބުގެ އެއް މުއައްސިސެވެ.
ސޮކާ މޭޓްސްގެ ނާއިބް ރައީސަކީ ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ޝަރީފް (މާޑޭ) އެވެ. ހަޒާންދާރަކީ ވެލެންސިއާގެ ކުރީގެ ކުރީގެ ކެޕްޓަން އަލީ ރަޝީދު (ސިލާޗީ) އެވެ. ހިންގާ ކޮމިޓީގެ އިތުރު ހަތަރު މެމްބަރުންގެ ގޮތުގައި ހޮވާފައިވަނީ ނިއުގެ ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި މަދީހް ޖަމާލް އާއި ވިކްޓަރީގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މާޒިޔާގެ މިހާރުގެ ކޯޗު އަލީ ސުޒޭނާއި އިސްމާއީލް އަނިލް އެވެ.
ޖެނެރަލް ސެކްރެޓަރީ ވެލެންސިއާގެ ކުރީގެ މިޑްފީލްޑަރު އަދި ގިނަ ދުވަސްތަކެއްވަންދެން ބާސްކެޓް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަން ކޮށްފައިވާ މިހާރުގެ ނާއިބް ރައީސް އަބުދުﷲ އާމިރެެވެ.
ސޮކާ މޭޓްސްއިން މިހާރު ދަނީ މެލޭޝިޔާގައި މި މަހު ބާއްވާ މުބާރާތެއްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. އަދި މި އަހަރު ރޯދަ މަހު ބޭއްވި ވެޓަރަންސް ކަޕް އިންތިޒާމް ކުރީ ވެސް ސޮކާ މޭޓްސްއިންނެވެ.