މަސްތުވާތަކެތި

ފުވައްމުލަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދިޔަ ދެމީހަކު ހައްޔަރުކޮށްފި

Aug 1, 2016
1

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުވައްމުލަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ދެމީހުންނަކީ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުވައްމުލަކަށް ގެންދިޔަ ކަމަށް ފުލުސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ މީހުން ކަމަށެވެ.

އަދި ބުނީ އެ ދެ މީހުން ހައްޔަރުކޮށް އެކެއްގެ ހަށިގަނޑާއި އޭނާ ދުއްވި ސައިކަލް ބަލައި ފާސް ކުރިއިރު ސައިކަލް މަޑި ދަށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށެވެ. ދެވަނަ މީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި އިރު އެގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ދަޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 80 ޕެކެޓް ފެނުނު ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑް ކުރިން ވެސް އޮންނަ މީހެކެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދިން އިރު އަނެއް މީހާގެ ބަންދަށް ވަނީ ހަފުތާއެއްދީފަ އެވެ.