ސްރީލަންކާ

ލަންކާގެ ރޭލްވޭ ނިޒާމް ތަރައްގީކުރަން އިންޑިއާއިން 318 މިލިއަން ޑޮލަރުގެ ލޯނެއް

Aug 1, 2016

ސްރީލަންކާގެ ރޭލް ވޭތައް އިތުރަށް ތަރައްގީ ކުރަން އިންޑިއާ އިން 318 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފި އެވެ.

ލަންކާ ސަރުކާރުގެ ރަސްމީ ތަރުޖަމާނު ގަޔާންތާ ކަރުނަތިލަކޭ ވިދާޅުވީ އެ ފައިސާ ބޭނުން ކުރާނީ ލަންކާގެ އުތުރުގައި އޮންނަ މާހޯ އިން އަނޫރާދަޕޫރާ އަދި އަނޫރާދަޕޫރާ އިން އޮމާންތާއިއަށް ދަތުރުކުރާ ރޭލްތަކުގެ ސިގްނަލް ސިސްޓަމްތައް ތަރައްގީކުރަން ކަމަށެވެ. އަދި މީގެ އިތުރުން އެއާ ކޮންޑިޝަންޑް ހަ ޕަވާސެޓާއި، 10 އިންޖީނާއި، 160 ކެރިއޭޖް އަދި ތެޔޮ ޓޭންކް ހުންނަ 30 ބަރު ވެހިކަލް އަދި 20 ކޮންޓެއިނާ އެރުވޭ ވަރުގެ 10 ބަރު ވެހިކަލް ހޯދަން ކަމަށެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕްރޮޕޯސަލް މިހާރުވަނީ ވަޒީރުންގެ ކެބިނެޓުން ފާސްކޮށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގަން ހުއްދަ ދީފަ އެވެ.

ލަންކާގެ ރޭލްވޭ ހިދުމަތް ތަރައްގީކުރަން މީގެ ކުރިންވެސް އިންޑިއާ އިންވަނީ 996 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފަ އެވެ.