މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

Aug 11, 2016
1

މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާ ތަކެއްޗާއެކު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެއެކު އެ ދެ މީހުން ގެން ގޮސްފައި ވަނީ ކުށުގެ ވެށިން މިދިއަ ހޯމަ ދުވަހު ގ. ޖޫތީގެ ބަލައި ފާސްކުރުމަށް ފަހު އެވެ. ކޯޓް އަމުރެއްގެ ދަށުން އެ ގެ ފާސް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ވަނީ އަތުލާފަ އެވެ.

އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދެ ދަޅާއި 84 ގުޅަ މަނާ ބޭހާއި ތެޔޮ ބިޑީގެ ދެ ބިޑި އާއި އިތުރު ހަތަރު ޕެކެޓް ފެނުނު އިރު ބަނގުރާ ފުޅި އެއްވެސް ފެނުނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.