ހައްޖުގެ އަޅުކަން

ހައްޖަށްދާ މީހުން އަތުން އިތުރު ފައިސާއެއް ނުނަގާނެ: އެކްރޯ

މިއަހަރު ހައްޖަށް ފުރަން ގޮސް ތިބި ބައެއް: އެކްރޯ މެދުވެރިކޮށް ހައްޖަށްދާ މީޙުންނަށް ގިނަ ކަންތައްތަކެއް އަދި ހަމަނުޖެހޭ -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

އެކްރޯ ހައްޖު އެންޑް އުމްރާ ސާވިސްގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އަތުން އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އެކްރޯ ޖަމާއަތުގެ މެނޭޖިން ޑައިރެކްޓާ އަހުމަދު ހުސައިން މިއަދު އަވަސް އަށް ވިދާޅުވީ ކުރިން ހަމަޖެހިފައިވާ ފައިސާ އިތުރަށް އެއްވެސް ފައިސާއެއް އެ ޖަމާއަތުން ނަގަން ނިންމާފައި ނުވާނެ ކަމަށެވެ. އެ ޖަމާއަތުން "އިތުރަށް ފައިސާ ނަގާފާނެ ކަމަށް ބެެލެވޭ" ކަމަށް މީޑިއާގެ ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވާތީ އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

އަހުމަދު ވިދާޅުވީ އެ ކުންފުނީގެ ހަވާލުގައި ހައްޖަށްދާން ހަމަޖެހިފައިވާ ހުރިހާ ފަރާތްތައް އެއް ފްލައިޓެއްގައި ދާން ހަމަޖައްސާފައި އޮތް ނަމަވެސް ޝެޑިއުލް އަށް ބަދަލު އައީ ވިސާގެ ކަންތައްތައް ހަމަޖެހުމުގެ މައްސަލަތަކެއް ކުރިމަތިވުމާއި އިތުރު ބައެއް ކަންތައްތައް މެދުވެރިވެގެން ކަމަށެވެ.

"އަޅުގަނޑުމެން ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ފައިސާއެއް ނުނަގާނަން. އިތުރަށް ފައިސާ ނަގާނެ ކަމަށް މީޑިއާގައި ފަތުރައިން އުޅޭ ހަބަރަކީ ދޮގު ހަބަރެއް،" އަހުމަދު ވިދާޅުވި އެވެ.

އެކްރޯއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ހައްޖު ޕްރޮޕޯސަލްގައިވާ ކަންކައްތަކުގެ ތެރެއިން ކޮށްދެވޭނީ ހައްޖުގެ އަޅުކަމާބެހޭ ހުރިހާ ކެމެކެވެ. ނަމަވެސް މިނާ އެކޮމޮޑޭޝަނާއި މައްކާ އެކޮމޮޑޭޝަނާއި އެއާލައިން ހަމަޖެއްސުމާއި ހައްޖު ދަތުރުގެ ކެއުމުގެ ކަންކަން ޕްރޮޕޯސަލްގައިވާ ގޮތަށް ހަމަޖައްސައިދެވޭކަށް ނެތެވެ.

އިއުލާނުގައިވާ ގޮތުން އެގޮތަށް ކަންތައް ދިމާވީ، އެންމެފަހު ވަގުތުގައި އިތުރު ކޯޓާ ލިބުމާއެކު ޑޮލަރު ގަންނަން ނުލިބުމާއި ބޭންކްގައި ހުރި އެ ކުންފުނީގެ ޑޮލަރު ވެސް އެ ބޭންކުން ދޫނުކުރުމުގެ ސަބަބުން ކުރަންޖެހޭ ހަރަދުތައް ކުރާނެ ފައިސާ ނެތިގެނެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހައްޖަށް މީހުން ގެންދެވޭނެ އަދަދު ޔަގީންވެ ކަށަވަރު ނުވުމުގެ ސަބަބުން ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދަން 200 ކޯޓާ ދީފައިވާ އެކްރޯ ގުރޫޕުން މީހުން ހައްޖަށް ފޮނުވައިދިނުމަށް ތިން އަގެއް ހުށަހަޅި އެވެ. އެއީ އިކޮނޮމިކް ޕެކޭޖަށް 69،975 ރުފިޔާ އާއި ބިޒްނަސް ޕެކޭޖަށް 74،975 ރުފިޔާ އެވެ. އަދި ވީއައިޕީ ޕެކޭޖަށް 79،975 ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910