ސްޓެލްކޯ

ސްޓެލްކޯއިން ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯއިން ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުންނާ އެކު އެ ކުންފުނީގެ އިސްވެރިން މެދުގައި
0%
0%
0%

ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.

މުވައްޒަފުން ހޮވީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތަށް އެދި ހުޅުވާލި ފުރުސަތުގައި އެކަމަށް ހުށަހެޅި ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

މިއަހަރު ހައްޖުގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު އަދި އުމްރާގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ހޮވާފައިވެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު މުވައްޒަފުން

  • އަހްމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
  • ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
  • އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވުނު މުވައްޒަފުން

  • ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
  • އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
  • ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް

ސްޓެލްކޯ އިން ބުނީ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345